Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި ތިން ޝަރުޠަށް އެއްބަސްނުވާހާ ހިނދަކު އިޒުރޭލާއެކު ދާއިމީ ޞުލްޙައެއް ނޯންނާނެ - ސީރިއާގެ ރައީސް

މި ތިން ޝަރުޠަށް އެއްބަސްނުވާހާ ހިނދަކު އިޒުރޭލާއެކު ދާއިމީ ޞުލްޙައެއް ނޯންނާނެ - ސީރިއާގެ ރައީސް

ހުސައިން އިސްމާއިލް
18 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 09:15
ސީރިއާގެ ރައީސް އަޙްމަދު އައްޝަރަޢު.
ސީރިއާގެ ރައީސް އަޙްމަދު އައްޝަރަޢު.
ޚުލާސާ

ރައީސް ޝަރަޢު ވިދާޅުވީ، ސީރިއާ އޮތީ ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ޙައްލުކުރަން ތައްޔާރަށް. ނަމަވެސް އިޒުރޭލަށް ސަލާމަތްތެރިކަން ބޭނުންވާނަމަ، އަވަށްޓެރި ޤައުމުތަކުގެ މިނިވަންކަމާއި ސަލާމަތަށްވެސް އިޒުރޭލުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި.

ސީރިއާ އާއި އިޒުރޭލާ ދެމެދު ދާއިމީ ޞުލްޙައެއް ޤާއިމުކުރެވޭނީ އިޒުރޭލުން ބައެއް މުހިންމު ޝަރުޠުތަކަކަށް އެއްބަސްވެގެން ކަމަށް ސީރިއާގެ ރައީސް އަޙްމަދު އައްޝަރަޢު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އެޓްލާންޓިކް ކައުންސިލްގެ ޕެނަލްއެއްގައި ވާހަކަދައްކަވަމުން ރައީސް ޝަރަޢު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަދައްކަވާފައެވެ.

ރައީސް ޝަރަޢު ހާމަކުރެއްވި ގޮތުގައި، ސީރިއާ އާއި އިޒުރޭލާ ދެމެދު ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސިއްރު ސީދާ މަޝްވަރާތަކެއް ކުރިއަށްދާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތަކުގެ 90 އިންސައްތައާ ހަމައަށް ވާސިލްވެފައި ވަނިކޮށް، އިޒުރޭލުން އިތުރު ޝަރުޠުތައް ކުރިމަތިކޮށް ފަހަތަށް ޖެހިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

Advertisement

Advertisement 1

  1. އިޒުރޭލާއެކު ގުޅުން ބަދަހިކުރުމަށާއި ދާއިމީ ޞުލްޙައަކަށް ވާސިލްވުމަށް ސީރިއާ އިން ހުށަހަޅާ މައިގަނޑު ތިން ޝަރުޠު:

  1. ސީރިއާގެ ބިންތަކުން ފޭބުން: ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، ސީރިއާގެ ދެކުނުގެ ބޯޑަރު ސަރަޙައްދުތަކުން ހިފާފައިވާ ސީރިއާގެ ބިންތަކުން އިޒުރޭލު ސިފައިން ފުރަތަމަ ފައިބަންޖެހޭނެއެވެ.
  2. ގޯލާން އުސްމިންތައް އަނބުރާ ދިނުން: ގޯލާން އުސްމިންތަކަކީ ސީރިއާގެ އަމިއްލަ ބިމެއް ކަމަށާއި، އެ ބިމުގެ މިލްކުވެރިކަމާ މެދު އިތުރު ބަހުސެއް ނުވަތަ ދޫދިނުމެއް ސީރިއާ އިން ނުކުރާނެއެވެ.
  3. އުދުވާންތައް ހުއްޓާލުން: އޮކްޓޯބަރު 7 ގެ ޙާދިސާއަށް ބަހަނާ ދައްކައިގެން ސީރިއާގެ ސަރަޙައްދުތަކަށް ބޮންއެޅުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޢަސްކަރީ އުދުވާންތައް އިޒުރޭލުން މުޅިން ހުއްޓާލަންޖެހޭނެއެވެ.

ރައީސް ޝަރަޢު އިތުރަށް ވިދާޅުވީ، ސީރިއާ އޮތީ ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ޙައްލުކުރަން ތައްޔާރަށެވެ. ނަމަވެސް އިޒުރޭލަށް ސަލާމަތްތެރިކަން ބޭނުންވާނަމަ، އަވަށްޓެރި ޤައުމުތަކުގެ މިނިވަންކަމާއި ސަލާމަތަށްވެސް އިޒުރޭލުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިއާއިސްރާއީލްމަޝްވަރާމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ މަގްބޫލުކަން ދަށަށް؛ ޒުވާނުންގެ ހިޔާލު މުޅިން ބަދަލުވެއްޖެ

ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ މަގްބޫލުކަން ދަށަށް

12 ގަޑިއިރު ކުރިން - 14:42

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރިންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރީންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

1 ދުވަސް ކުރިން - 11:01

ޙަލަބުގެ އަސްކަރީ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ސިލްސިލާ ގޮވުންތަކެއް

ޙަލަބުގެ އަސްކަރީ ހަތިޔާރު ގުދަނެއްގައި ރޯވެ އަނދަނީ

2 ދުވަސް ކުރިން - 04:45

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ގަޔަށް ބަޑިޖަހައި އެކަކު މަރާލައިފި

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ގަޔަށް ބަޑިޖަހައި އެކަކު މަރާލައިފި

3 ދުވަސް ކުރިން - 18:31

ހަނގުރާމައަށް ސައޫދީއަށް ގެންދިޔަ އިޓަލީގެ އެފް-2000 ޖެޓް، ޙޫޘީން ގޮއްވާލައިފި

ހަނގުރާމައަށް ސައޫދީއަށް ގެންދިޔަ އިޓަލީގެ އެފް-2000 ޖެޓް، ޙޫޘީން ގޮއްވާލައިފި

4 ދުވަސް ކުރިން - 10:08

ސައޫދީ ކޯލިޝަނުގެ ސަތޭކައަށްވުރެ ގިނަ ސިފައިން މަރުވެ ޒަހަމްވެއްޖެ ކަމަށް ހޫޘީން ބުނެފި

ސައޫދީ ކޯލިޝަނުގެ ސަތޭކައަށްވުރެ ގިނަ ސިފައިން މަރުވެ ޒަހަމްވެއްޖެ: ހޫޘީން

8 ދުވަސް ކުރިން - 20:10