ހުސްވި ނޮވެމްބަރު މަހުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ވަރުގަދަވުމުގެ ސަބަބުން ޣައްޒާގައި ފަލަސްތީނުގެ 12000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އަދި ގެއްލިފައިވާ ކަމަށް އަލްޖަޒީރާ ހިމެނޭ ގޮތަށް އެތައް މަސްދަރުތަކުން ރިޕޯޓްކޮށްފައިވެ އެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު ހަނގުރާމައިގައި އެންމެ ގިނަ މީހުން ޝަހީދު ކޮށްލި މައްސަރެވެ.
އަލްޖަޒީރާ، ބީބީސީ އަދި ސީއެންއެން އާއި ވަފާ އެޖެންސީން ބުނީ މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ނުރައްކާތެރި ހާލަތަށް ދިޔަ މައްސަރެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ މީހުން ޝަހީދުވި މަހެވެ.
ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެންދިއުމާއި ގުޅިގެން ޣައްޒާގެ އިންސާނީ ހާލަތު ވަނީ ކަންބޮޑުވާ ހިސާބަށް ގޯސްވެފައި ކަމަށް އދ އާއި އިންސާނީ އެހީދޭ ޖަމިއްޔާ ޖަމާޢަތަތްކުން ދަނީ ބުނަމުންނެވެ.. ކާނާއާއި، ފެނާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
އދ. ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާއިރު، އެހީދޭ ޖަމާޢަތްތަކުން އިންޒާރުދެނީ ޒަޚަމްވާ މީހުންގެ އަދަދު ގިނަވެ، ބަލިމަޑުކަން ފެތުރެމުންދާތީ ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެދާނެ ކަމަށެވެ.









