އީރާނުން މިއަދު ދިން ޙަމަލާތަކުގައި އިސްރާއީލުގެ ސްޓޮކްމާކެޓް އިމާރާތާއި، އިސްރާއީލުގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ކުންފުނިތަކުގެ އޮފީސްތައް ހުންނަ 50ބުރީގެ އިމާރާތަކާއި ޖާސޫސީ އިދާރާވެސް ފުނޑާލައިފި.
491 ދުވަސް ކުރިން - 22:16
ވައިޓް ހައުސްގެ ބޭރުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށް.
491 ދުވަސް ކުރިން - 09:30
އީރާނުގެ ފޯޑޯ ނިއުކްލިއަރ ފެސިލިޓީއަށް ހަމަލާދިނުމަށް އެމެރިކާގެ އިސް ސެނެޓަރަކު ގޮވާލައިފި. މި ފެސިލިޓީއަކީ ފަރުބަދަތަކުގެ 80 މީޓަރުގެ އަޑީގައި ތައްޔާރުކޮށްފައިވާ ތަނެއް.
491 ދުވަސް ކުރިން - 09:15
ހަމަލާތައް ވަރުގަދަކުރަން ޓްރަމްޕް ގޮވާލާފައިވާ ދަނޑިވަޅުގައި، އީރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓަލުމަށް ގޮވާލައި ނިއު ޔޯކުގައި މުޒާހަރާ ކުރަނީ.
491 ދުވަސް ކުރިން - 08:52
އެމެރިކާއަށް އެނގެން ޖެހޭނެ ކަމަކީ އަސްކަރީ އެއްވެސް ކަމެއް ކޮށްފިނަމަ، އަރައިނުގަނެވޭ ވަރުގެ ހަމަލާތައް ދޭނަނެކަން އާޔަތުﷲ ހާމަނާއީ ވިދާޅުވި.
492 ދުވަސް ކުރިން - 22:37
އީރާނާއި ހަނގުރާމަކުރުމަށަށް ސޫރިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް އިސްރާއީލަށް ހުއްދަދީ، ސޫރިއާ އިން ޔަހޫދީންނަށް ތެޔޮ ފޯރުކޮށްދޭން ފަށައިފި.
492 ދުވަސް ކުރިން - 20:55
އެ ކޮލެޖުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން ވީއެންމެ އަވަހަކަށް އެ އޮތޯރިޓީގެ recognition@mqa.gov.mv އަށް އީމެއިލް ކުރުމަށް އެމްކިޔުއޭއިން ވަނީ އެދިފައި.
492 ދުވަސް ކުރިން - 17:53
އެމެރިކާއިން އިސްރާއީލް ސަލާމަތް ކުރުމަށް އައުމާއެކު، ޔަމަނުން އީރާނާއި ގުޅިގެން އިސްރާއީލަށް ޙަމަލާ ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފި.
492 ދުވަސް ކުރިން - 10:05
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި، ފައިޓަރ ޖެޓްތައް އީރާނުން ދެމުންދާ ޙަމަލާތަކުން އިސްރާއީލު ސަލާމަތްކުރުމަށް މިސްރާބު ޖަހައިފި. އޭގެތެރޭގައި ޔޫއެސްއެސް ނިމިޓްޒް އާއި ޔޫއެސްއެސް ކާލް ވިންސަން ހިމެނޭ.
493 ދުވަސް ކުރިން - 14:20
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އިރުމަތީގެ އަބަސަން ޓައުންގައި އެންޓި ޕާސަނަލް މިސައިލަކުން ޒައެނިސްޓުންގެ 11 ސިފައިން މަރާލައިފި.
493 ދުވަސް ކުރިން - 10:39
އިސްރާއީލުގެ ވެރިރަށް ޓެލް އަވީވް ގައި އީރާނުގެ ދިދަ ނެގީ އުސް ޢިމާރާތެއްގައި. ބެލެވޭ ގޮތުގައި މި ދިދަ ނަގާފައިވަނީ ޙަމަލާތަކަށް ބިރުން.
493 ދުވަސް ކުރިން - 10:06
އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ އެމްބަސީ ގައި ހުޅު ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު އެމެރިކާ އިން އަދި ރަސްމީ ބަޔާނެއް ނުނެރޭ.
493 ދުވަސް ކުރިން - 09:46