މިހާރު ހިނގަމުންދާ އީރާނާއި އިސްރާއީލުގެ ހަމަނުޖެހުންތަކުގެ ތެރޭގައި ޓެލް އަވީވްގެ އިމާރާތެއްގެ ބޭރުގައި އީރާނުގެ ދިދަ ނަގައިފިއެވެ.
އިސްރާއީލުގެ ވެރިރަށް ޓެލް އަވީވްގެ މެދުތެރޭގައި ހުންނަ އުސް ޢިމާރާތެއްގެ ބޭރުގައި އީރާނުގެ ދިދަ ނެގީ މުޅި އިސްރާއީލަށް އީރާނުގެ ފަރާތުން މުސީބާތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގއެވެ. އަދި މި ދިދަ ނަގާފައި ވަނީ އީރާނުން އިސްރާއީލުގެ އިންފްރާސްޓްރަކްޗާއަށް ވަރަށް ވަރުގަދަ ހަމަލާއެއް ދިންތާ މާގިނައިރުތަކެއް ނުވެ،
އިސްރާއީލުން ބުނަނީ ޓެލްއަވީވްގެ އާބަން ސެންޓަރުގައި އީރާނުގެ ދިދަ އުފުލުމަކީ ނަފްސާނީ ހަނގުރާމައިގެ އާ އުކުޅެއް ކަމަށާއި ދިދަ ނެގީ ޢާންމުންގެ ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ ބަޔަކު އީރާނުގެ ދިދަ ނެގީ ރަައްކާތެރިކަން ހޯދުމުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ.
އިސްރާއީލުގެ ރައްޔިތުން ދެކޭ ގޮތުގައި އީރާނުގެ ޙަމަލާތަކުން އެމީހުން ރައްކާތެރިކުރުމުގެ ޤާބިލް ކަމެއް އިސްރާއީލަކަށް ލިބިގެނެއް ނުވެއެވެ. ކުރިން އެމީހުންނަށް ކުރެވުނީ ކުށްހީއެކެވެ.