ސޫރިއާގެ ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުން އިސްރާއީލަށް އެ ޤައުމުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ހުޅަނގުގެ ދިފާޢީ ދާއިރާގެ މަޞްދަރަކުން މިއަދު ހާމަކޮށްފިއެވެ.
އިސްރާއީލްގެ އެފް16 ފައިޓާޖެޓްތަކެއް ސީރިއާ އިން ތެޔޮ އެޅުމަށް ފަހު ނައްޓާލަނިކޮށް ނަގާފައިވާ މަންޒަރެއް.
ސޫރިޔާ ސަރުކާރަކީ "ގޮތް ނޭނގޭ" ސަރުކާރެކެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެއީ މެދުއިރުމަތީގައި އެމެރިކާގެ ބާރު ފެތުރުމަށް އޮތް ސަރުކާރެކެވެ. ނަމަވެސް މިކަމުގެ ސާފު ހެއްކެއް ފެންނާކަށް ނެތެވެ.
ސޫރިޔާގެ ވައިގެ ސަރަހައްދު ޔަހޫދީން ބޭނުން ކުރަމުން ދާއިރު އީރާނުގެ އިސް އަސްކަރީ ވެރިއެއް ވިދާޅުވެފައިވަނީ، އިސްރާއީލުން އީރާނުގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގައި ބޭނުންކުރާ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާދީ، ވައްޓައިލަމުންދާ ކަމަށެވެ. ނަމަވެސް، އިސްރާއީލުން މި ވާހަކަ ދޮގުކޮށް، އީރާނަށް ޙަމަލާ ދިނުމަށް ބޭނުންކުރި ހުރިހާ އަސްކަރީ މަތިންދާބޯޓެއް 3،000 ކިލޯމީޓަރުގެ ދަތުރުތަކަށް ފަހު އެނބުރި އިސްރާއީލަށް ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
ހުޅަނގުގެ މީޑިއާ ތަކުން ބުނާ ގޮތުގައި އީރާނުގެ ވައިގެ ސަރަޙައްދުގެ ފުރިހަމަ ކޮންޓްރޯލް އިސްރާއީލުން މިހާރު ވަނީ ހޯދާފައެވެ. މިއީ ތެދެއް ކަމުގައި ވާނަމަ އީރާނަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.