ހަމާސްގެ ކޮންޓްރޯލް އޮންނަ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ޔަހޫދީ ޒައެނިސްޓުންނަށް ވަރަށް ވަރުގަދަ ޙަމަލާއެއް އަލް ޤައްސާމް ބްރިގޭޑުން ދީފިއެވެ.
ޙަމާސްގެ ހަތިޔާރު އެޅި ސިފައިން ބުނި ގޮތުގައި މި ޙަމަލާގައި އިސްރާއީލްގެ ބަރު ހަތިޔާރު އެޅި 11 ޒައެނިސްޓުން ވަނީ މަރާލާފައެވެ.
އަލް ޤައްސާމް ބްރިގޭޑުން ބުނީ އެމީހުން އިސްރާއީލް ސިފައިންނަށް މި ޙަމަލާ ދިނީ ޚާން ޔޫނިސްގެ އިރުމަތީގެ އަބަސަން ޓައުންގައި އެންޓި ޕާސަނަލް މިސައިލަކުންނެވެ.
އިސްރާއީލުން ތާއަބަދު ބުނަމުންދަނީ ޣައްޒާގައި ހަމާސްގެ ވަސް ފޮހެލާނެ ކަމަށެވެ. ނަމަވެސް އެމީހުން ފެއިލް ވަމުންދާ މަންޒަރު ނޫން އެހެން އެއްވެސް މަންޒަރެއް ނުފެނެއެވެ. ޒަމާނީ ހަތިޔާރާއި އެމެރިކާގެ އެންމެ މޮޅު ޓެކްނޮލޮޖީ ލިބުމުން ވެސް ޔަހޫދީ ޒައެނިސްޓުންނަށް ޣައްޒާގައި ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ޣައްޒާ ހަނގުރާމައިގައި ދެފައި ބުރިކޮށްލާފައިވާ ނުކުޅެދޭ މީހަކު އިސްރާއީލްގެ ސިފައިންނަށް އޮށްގާ ބޭނުންކޮށްގެން ޙަމަލާ ދެނީ.
ޣައްޒާއަކީ މިއަދު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ފަޤީރު އަދި ވީރާނާ ވެފައިވާ ސިޓީއެވެ. ޣައްޒާ ރައްޔިތުން އިސްރާއީލާއި ކުރިމަތިލަނީ އޭރަކު އަތު ޖެހުނު އެއްޗަކުން ޙަމަލާ ދިނުމަށެވެ.
ޣައްސާމް ބްރިގޭޑްގެ ޙަމަލާ ތަކުގައި އެކަނި ވެސް މިހާތަނަށް 431 ޔަހޫދީ ސިފައިން ވަނީ ޣައްޒާގައި މަރާލާފައެވެ. އަދި 2668 ސިފައިން ވަނީ ޒަޚަމް ކޮށްފައެވެ.
އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށްޓަކައި ދެމުންދާ ޙަމަލާ ތަކުގައި މިހާތަނަށް 64000 އާއި 80000 އާއި ދެމެދުގެ ޢަދަދަކަށް މީހުން ޝަހީދުވެފައިވާ ކަމަށް އެކި މަސްދަރުތަކުން ބުނެއެވެ. އދ. އިން ބުނަނީ އެ ޢަދަދު އުޅެނީ 48000 އާއި 50500 އާއި ދެމެދުގައެވެ. ނަމަވެސް އދ.ގެ ހިސާބުތަކުގައި ޢިމާރާތްތަކުގެ ދަށުވެފައި ނުވަތަ ގެއްލިގެން ގިނަ ދުވަސްވެފައިވާ މީހުންނެއް ނުހިމަނައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޢިމާރާތްތަކުގެ ދަށުވެފައި 10000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.