49 މީހުންނާއެކު ދަތުރުކުރި ރަޝިޔާ މަތިންދާބޯޓެއް ވެއްޓިއްޖެ. ފަސްކުޑަކުދިންވެސް ތިބިއިރު މިހާތަނަށް އެއްވެސް މީހަކު ސަލާމަތްވިކަމެއް ކަށަވަރެއް ނުވޭ.
454 ދުވަސް ކުރިން - 12:15
ޣިރާޤުގެ ޝޮޕިންގ ސެންޓަރުގައި ރޯވެ ގިނަބަޔަކު މަރުވުމުން ޕްރޮވިންސް ގަވަރުނަރު އޭނާގެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފި.
454 ދުވަސް ކުރިން - 10:43
ރޭ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާއިން 21 މީހުން ޝަހީދުވެއްޖެ. ފާއިތުވި 24 ގަޑިއިރުތެރޭ 113 މީހަކު ޝަހީދު ކޮށްލި.
455 ދުވަސް ކުރިން - 07:38
ތުރުކީގެ ޖަންގަލީގައި ރޯވަމުންދާ އަލިފާނުގައި 11 މީހުން މަރުވެއްޖެ.
455 ދުވަސް ކުރިން - 02:17
ދުވާލަކު 500 ޓްރަކުގެ ކާނާ ވައްދަންޖެހޭތަނަކަށް 28 ޓްރަކް ވައްދައި ޣައްޒާ ބަނޑަށް ޖެހި، މީހުން މަރުވާކަމުގެ އިންޒާރުތައް ދޭންފެށުމުން އެހީބެހުން ހަރުދަނާކުރަން އެމެރިކާއާ އިޒްރޭލުން ބުނެފި.
455 ދުވަސް ކުރިން - 23:32
ތުރުކީވިލާތުން އެ ޤައުމުގެ ފުރަތަމަ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް، ތައިފޫން ބްލޮކް -4- ދައްކާލައިފި. މި މިސައިލް ހުއްޓުވޭނެ ޤާބިލްކަމެއް އިސްރާއީލަށް ލިބިގެންނުވޭ.
455 ދުވަސް ކުރިން - 14:39
ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާއިން އެއްދުވަސް ތެރޭ 15 މީހުން މަރުވިއިރު، މިގޮތަށް މަރުވި މީހުންގެ އަދަދު 101 އަށް އަރައިފި.
455 ދުވަސް ކުރިން - 09:16
ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ބޯނެ ކިރުފޮދެއް ނުލިބި ޣައްޒާގެ ތުއްތުތުއްތު މަޢުސޫމް 21 ކުދިން ބަނޑަށް މަރުވެއްޖެ. ދުނިޔެ އޮތީ ހިމޭންކަމާއެކު ކުޅި ބަލަން.
456 ދުވަސް ކުރިން - 08:26
ޣައްޒާގެ ކަންކަމުގައި ޔުނެސްކޯއިން އެމެރިކާ އަށް ފާޑު ކިޔުމާއި ގުޅިގެން އެ ޖަމާޢަތުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމައިފި.
456 ދުވަސް ކުރިން - 07:14
ބަރު އަދި ގިނަ ސެޓެލައިޓްތައް އެއްފަހަރާ ޖައްވަށް ފޮނުވުމުގެ ޤާބިލުކަން ހުންނަ ޒަމާނީ ކެރިއަރ ރޮކެޓެއް އީރާނުން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފި.
456 ދުވަސް ކުރިން - 07:12
އެމެރިކާއިން މަލްޓިބިލިއަން ޑޮލަރު އިންވެސްޓުކުރަން އުޅޭ ކޮންގޯގެ، ސަލާމަތީ ބާރުތަކާއި ދެކޮޅަށް ހަނގުރާމަކުރާ ވަކިވެގަނެގެން އުޅޭ އެމް23 ހަނގުރާމަވެރި ޖަމާޢަތާއި އެކު ޞުލްޙައިގެ އެއްބަސްވުމެއް ހަދައިފި.
456 ދުވަސް ކުރިން - 21:08
ގިނަ އަދަދެއްގެ ބަޔަކާއެކު ދަތުރުކުރަމުން ދަނިކޮށް ރޯވި އިންޑޮނޭޝިއާ ފެރީން މޫދަށް ފުންމައިލި މީހުންނާއެކު ޖުމްލަ 575 މީހުން ސަލާމަތްކޮށްފި. މިހާތަނަށް ނުފެންނަނީ ދެމީހުން.
456 ދުވަސް ކުރިން - 14:37