ޣައްޒާގެ އެކި ހިސާބުތަކަށް ރޭ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 21 މީހުން ޝަހީދުވެއްޖެއެވެ. ރޭ ފަތިހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، ޣައްޒާގެ ރަށްފުށުގެ ސަރަހައްދުތަކަށް ކަމަށް، އެ ސަރަހައްދުގެ ސިއްހީ އިދާރާތަކާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި 113 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލުތަކަށް ގެނެވިފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މީޑިއާ ތަކަށް ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި އެހީތެރިކަން ހޯދުމަށް ގޮސް ތިއްބައި ޝަހީދުކޮށްލި 34 މީހުންވެސް ހިމެނެއެވެ. މި އަދަދާއެކު، މޭ މަހުގެ ފަހުން އެހީ ހޯދުމަށް ގޮސް ތިއްބާ ޝަހީދުކޮށްލާފައިވާ މީހުންގެ ޖުމްލަ އަދަދު 1,060 އަށް އަރާފައިވާއިރު، 7,200 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
ހަމާސް އިން ބުނާ ގޮތުގައި އިޒްރޭލުން ޝަހީދު ކޮށްލި ފަލަސްތީނުގެ މިހުންގެ ޢަދަދު 1 ލައްކައަށް އަށް ވުރެ ގިނަ ވެއްޖެއެވެ.