ތުރުކީގެ ހުޅަނގުއުތުރުގައި އޮންނަ އެސްކިޝެހިރް ޕްރޮވިންސްގެ ޖަންގަލީގައި ރޯވެ 11 މީހުން މަރުވެއްޖެއެވެ. މި އެންމެންނަކީ ވެސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި 11 މީހުންނެވެ.
ތުރުކީގެ ޖަންގަލީގައި ރޯވެ އަނދަނީ / ފޮޓޯ: ސޯޝަލް މީޑިއާ
ތުރުކީގެ ދަނޑުވެރިކަމާއި ޖަންގަލި ބެލެހެއްޓުމާބެހޭ ވަޒީރު އިބްރާހީމް ޔޫމާކްލީ ވިދާޅުވީ، މަރުވި 11 މީހުންގެ ތެރޭގައި ޖަންގަލި ބެލެހެއްޓުމުގެ ޚިދުމަތުގައި ހަރަކާތްތެރިވި 5 މީހުންނާއި، އޭ.ކޭ.ޔޫ.ޓީ ސަރޗް އެންޑް ރެސްކިއު ޓީމުގެ 5 މެންބަރުންނާއި އިތުރު މީހަކުވެސް މި ހާދިސާގައި މަރުވި ކަމަށެވެ.
މިއީ މި ހޫނު މޫސުމުގައި ތުރުކީގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ރެޔެވެ. މިއާއެކު މި އަހަރު އަލިފާނުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 13 އަށް އަރައިފި އެވެ.
ރޭގެ ހާދިސާގައި މީހުން މަދުވާން ދިމާވި މައިގަނޑު ސަބަބަކީ ގަދަ ވަޔާއެކު އަލިފާންގަނޑު ވަރަށް ހަލުވި ކަމާއެކު ފެތުރިގެންދިޔުން ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.