ތުރުކީއަށް ބިންހެލުމެއް، އެކަކު މަރުވެއްޖެ!

އައިޝަތު އީމާން | 5 ދުވަސް ކުރިން - 10 އޯގަސްޓް 2025 01:26
ކުއްލި ޚަބަރު: ތުރުކީއަށް ބިންހެލުމެއް، އެކަކު މަރުވެއްޖެ
ކުއްލި ޚަބަރު: ތުރުކީއަށް ބިންހެލުމެއް، އެކަކު މަރުވެއްޖެ
ޚުލާސާ

މިރޭ ތުރުކީ އަށް އައި 6.1 މެގްނިޓިއުޑްގެ ބިންހެލުމުގައި ޢިމާރާތެއް ވެއްޓި އެކަކު މަރުވެއްޖެ.

ތުރުކީވިލާތަށް މިރޭ 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ.

މި ބިންހެލުން އައިސްފައިވަނީ ބަލަކްއެސިރަށެވެ. އެއީ އިސްތަންބޫލުގެ ހުޅަނގު ދެކުނުން 240 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.

މި ބިންހެލުމާއި އެކު މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށާއި އިތުރު ބަޔަކު ވެއްޓުނު ޢިމާރާތުގެ ތެރެއިން ދިރިހުއްޓާ ސަލާމަތްކޮށްފައިވާ ކަމަށް ޚަބަރުތައް ލިބެއެވެ.

މި ބިންހެލުމުގެ ސަބަބުން އިތުރު މީހަކު މަރުވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މި ބިންހެލުމުގެ އަސަރު ގްރީސް އާއި ސައިޕްރަސް އާއި އަދި ބަލްގޭރިއާ އާއި ރޫމޭނިއާގެ އިތުރުން ނޯތު މެސެޑޯނިއާ އަށްވެސް ކޮށްފައިވެއެވެ.

ތުރުކީގެ ސައެންސްވެރިން ވަނީ “ވަރަށް ބޮޑު ބިންހެލުމެއް” ކައިރި މުސްތަޤްބަލެއްގައި އެ ސަރަޙައްދަށް އަންނާނެ ކަމަށާއި އެ ބިންހެލުމުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށް ލަފާ ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%