Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަގުދުފައިސާ ނުނަގައި ތުރުކިޔޭ މެދުވެރިކޮށް ސީރިއާއަށް ގޭސް ސަޕްލައިކުރަން ފަށައިފި

ނަގުދުފައިސާ ނުނަގައި ތުރުކިޔޭ މެދުވެރިކޮށް ސީރިއާއަށް ގޭސް ސަޕްލައިކުރަން ފަށައިފި

ޢަބްދުﷲ ޖުނައިދު
357 ދުވަސް ކުރިން - 2 އޯގަސްޓް 2025 20:11
ސީރިއާގެ މިނިސްޓަރު އޮފް އެނާޖީ މުޙައްމަދު އަލް ބަޝީރު ތުރުކީގެ އެނާޖީ މިނިސްޓަރު އަލްޕާސްލާން ބައިރަކްތާރާ އެކު ސީރިއާގެ ދިމިޝްޤުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ރޮއިޓާސް
ސީރިއާގެ މިނިސްޓަރު އޮފް އެނާޖީ މުޙައްމަދު އަލް ބަޝީރު ތުރުކީގެ އެނާޖީ މިނިސްޓަރު އަލްޕާސްލާން ބައިރަކްތާރާ އެކު ސީރިއާގެ ދިމިޝްޤުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ސީރިއާ އިން އެއްވެސް ފައިސާއެއް ނުހޯދައި ދުވާލަކު ހަމިލިއަން ކިއުބިކް މީޓަރުގެ ގޭސް އަޒަރުބައިޖާނުން ސީރިއާއަށް ސަޕްލައި ކުރުމުގެ މަސައްކަތް ތުރުކީވިލާތުން މިއަދު ފަށައިފި.

އަޒަރުބައިޖާނުގެ ގޭސް ބޭނުންކޮށްގެން ސީރިއާއަށް ގުދުރަތީ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ރަސްމީކޮށް ތުރުކިޔޭއިން މިއަދު ފަށައިފިއެވެ. ކެސްޕިއަން ކަނޑުގައި އޮންނަ އަޒަރުބައިޖާންގެ ޝާހް ޑެނިޒް ފީލްޑުން އުފައްދާ މި ގޭސް ޑެލިވަރީ ކުރާނީ ތުރުކިޔޭގެ ދެކުނު ކިލިސް-އަލަޕޯ ހޮޅި މެދުވެރިކޮށެވެ.

ތުރުކީވިލާތުގެ އެނާޖީ މިނިސްޓަރު އަލްޕާސްލާން ވިދާޅުވި ގޮތުގައި އަހަރަކު 2 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ސީރިއާ އަށް ފޮނުވާނެއެވެ.

މިއީ ބައްޝާރުލް އަސަދުގެ ވެރިކަމުގައި ހުޅަނގުން ސީރިއާ އަށް ފިއްތައިލި ފަހުން މިފަދަ ބޮޑު އެހީތެރިކަމެއް ބައިނަލްއަޤްވާމީ މާކެޓުން ސީރިއާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

ތުރުކީވިލާތުން ބުނި ގޮތުގައި މި ގޭހުގެ ސަޕްލައިގެ މަޤްޞަދަކީ ޙާލުގައި ދިރިއުޅޭ ހަލަބާއި ޚަމްސުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ތިބި އެތައް މިލިއަން ސީރިއާ މީހުންނަށް މަދުވެގެން ދުވާލަކު 10 ގަޑިއިރަށް ކަރަންޓް ފޯރުކޮށްދިނުމަށެވެ. މި ސިޓީތަކަށް މިހާރު ކަރަންޓް ލިބެނީ ދުވާލަކު އެންމެ 3-4 ގަޑިއިރަށެވެ.

މި ޑީލުގެ ސަބަބުން ނަގުދުފައިސާއެއް ސީރިއާއިން ތުރުކީވިލާތަކަށް ނުލިބޭނެއެވެ. އަނެއްހެން ބުނާނަމަ މިއީ ބާޓަރ ސްޓައިލްގެ ޑީލެއް ކަމަށް ބެލެވެއެވެ.

ތުރުކިޔޭ މެދުވެރިކޮށް ސީރިއާ އަށް ދުވާލަކު 6 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ފޮނުވައިދޭ މި ޑީލާއި އެކު ސަރަޙައްދީ ހަކަތަ ކޮރިޑޯއެއްގެ ގޮތުގައި ތުރުކިޔޭ އަށް ދެމިއޮތުމުގެ ބާރާއި ނުފޫޛު ލިބޭނެއެވެ. މީގެ އިތުރުން ތުރުކިޔޭއަށް އަޒަރުބައިޖާނާއި އަދި މި ޑީލަށް އެހީތެރިވެދޭ ޤަޠަރުން ވެސް އިޤްތިޞާދީ ނުވަތަ ސިޔާސީ ލުއިތަކެއް ލިބުން އެކަށީގެންވެއެވެ. ހަމަ އެހެންމެ ސީރިއާގެ އުތުރުގެ ސަރަޙައްދުތަކުގެ ނުފޫޒު ތުރުކިޔޭ އަށް ލިބި، އިތުރު ފައިދާތަކެއް ވެސް ލިބޭނެއެވެ.

ސީރިއާއަޒަރުބައިޖާންތުރުކީމެދުއިރުމަތިގަތަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

15 ގަޑިއިރު ކުރިން - 20:07

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

12 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

12 ދުވަސް ކުރިން - 22:50

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

12 ދުވަސް ކުރިން - 13:31