އިސްރާއީލުގެ ދެން އޮތް އަމާޒަކީ ތުރުކީއަށް ވެދާނެ - އެނަލިސްޓުން

ޢަބްދުﷲ ޖުނައިދު | 9 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 09:00
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައިބް އެރްދޮޣާން، އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) / ފޮޓޯ: އަލްޖަޒީރާ
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައިބް އެރްދޮޣާން، އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ތުރުކީއަށް އިސްރާއީލުގެ ޙަމަލާ އަމާޒުވެދާނެ ކަމަށް މުޙައްލިލުން ބުނޭ. ނަމަވެސް، ތުރުކީއަށް ޙަމަލާ ދޭން ރާވާފައިވާ ކަމުގެ ރަސްމީ އެއްވެސް ނިޝާނެއް އަދި ނުފެނޭ.

ޤަޠަރުގެ ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒު ކޮށްގެން އިސްރާއީލުން ދިން ވައިގެ ޙަމަލާއިން ސަރަޙައްދީ ފިތުނަތައް އިތުރުވެފައި ވާއިރު، އިސްރާއީލުން ދެން ޙަމަލާ ދޭނީ ތުރުކީވިލާތަށް ކަމުގެ ޝައްކުތައް އުފެދިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު އިސްރާއީލުން ދޯހާ އަށް ދިން ޙަމަލާއަށް ފަހު މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ޒައެނިސްޓުން ދެން އަމާޒަކަށް ހަދާނީ ތުރުކިޔޭ އަށް ކަމަށް ވުން ގާތް ކަމަށެވެ.

އެމެރިކަން އެންޓަޕްރައިސް އިންސްޓިޓިއުޓްގެ ސީނިއާ އެނަލިސްޓް މައިކަލް ރޫބިން ވިދާޅުވީ އިސްރާއީލުން އަންކާރާ އަށް ޙަމަލާ ދިނަސް ތުރުކިޔޭ ސަލާމަތްކުރުމަށް ނޭޓޯގެ މެމްބަރު ޤައުމުތަކުން މަސައްކަތް ކުރާނެ ކަމަށް ތުރްކިޔޭއިން ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ރޫބިން އަކީ މެދުއިރުމަތީގެ މަސްރަޙް ދިރާސާކުރާ ސީނިއާ އެނަލިސްޓެކެވެ.

މައިކަލް ރޫބިން - މެދުއިރުމަތީގެ މަސްރަޙް ދިރާސާކުރާ އެމެރިކާގެ ސީނިއާ އެނަލިސްޓެއް.. އޭނާ ވިދާޅުވީ ތުރުކީ އަށް އިސްރާއީލުން ޙަމަލާ ދިނުން ގާތް ކަމަށް.

މީގެ އިތުރުން އިސްރާއީލުގެ ސިޔާސީ ޝަޚްޞިއްޔަތެއް ކަމަށްވާ މެއިރް މަސްރީ ވަނީ ސޯޝަލް މީޑިއާގައި “މިއަދު ޤަތަރު، މާދަމާ ތުރުކިޔޭ” މިހެން ލިޔެފައެވެ. މި ވާހަކަތައް މާނަ ކުރެވޭ ގޮތުގައި އިސްރާއީލުގެ ދެން އޮތް އަމާޒަކީ ތުރުކިޔޭ ކަމަށް ވުން އެކަށީގެން ވެއެވެ.

މި ވާހަކަތަކަށް ފަހު، ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާންގެ އިސް މުޝީރަކު ވަނީ ވަރަށް ހަޑިކޮށް ރައްދު ދީފައެވެ. ވިދާޅުވިއެވެ. “ޒަޔަނިސްޓް އިސްރާއީލުގެ ކުއްތާ މެޕުން ފޮހެލުމުން ދުނިޔެއަށް ސުލްޙަ ލިބޭނެ” .

ތުރުކީވިލާތުން ވަނީ ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި އެ ޤައުމުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގައި ތިބި ޔަހޫދީންތައް ބޭރުކޮށްލާފައެވެ. އަދި އިސްރާއީލުގެ އުޅަނދުތަކަށް ތުރުކީގެ ބަނދަރުތައް މަނާ ކޮށްފައެވެ. މީގެ އިތުރުން ތުރުކީގެ ވިޔަފާރި މުދާތައް ވެސް އިސްރާއީލަށް ވިއްކުން މަނާ ކޮށްފައެވެ.

ތުރުކީއަށް ޙަމަލާ އަމާޒުވެދާނެ ކަމަށް މުޙައްލިލުން ބުނުމުން އަންކާރާއިން ހިތްހަމަނުޖެހުން ފާޅުކުރިއިރު، އިސްރާއީލުން ތުރުކީއަށް ޙަމަލާދޭން ރާވާފައިވާ ކަމުގެ ރަސްމީ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%