49 މީހުންނާއެކު ދަތުރުކުރި ރަޝިޔާ މަތިންދާބޯޓެއް މީގެ އިރުކޮޅެއް ކުރިން ވެއްޓިއްޖެއެވެ.
ދާދި ދެންމެ ޚަބަރު ލިބުނު ގޮތުގައި ރަޝިޔާގެ ފަސިންޖަރު ބޯޓު ވެއްޓުނީ އެޤައުމުގެ އިރުމަތީ ސަރަޙައްދަށެވެ.
އަންގަރާ އެއާލައިންސް އިން އޮޕަރޭޓްކުރާ އެންޓޮނޮވް އެން‐24 އެއް ކަމަށްވާ ރަޝިޔާގެ ފަސިންޖަރު ބޯޓު ނައްޓައިލީ ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ރަޝިޔާގެ އަމޫރު ސަރަހައްދުގައި އޮންނަ ސިޓީއެއް ކަމަށްވާ ބްލަގޮވޭޝްޗެންސްކް އިންނެވެ. އެ ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައި އޮތް މަންޒިލް (ޓިންޑާ) އަށް ދިޔުމުގެ ކުރިން ރާޑަރަށް ގެއްލިފައިވާ ކަމަށާއި، ފަހުން އެނގުނު ގޮތުގައި ޓިންޑާ އެއާޕޯޓާއި މާ ދުރުނޫން ހިސާބަކަށް އެ ބޯޓު ވަނީ ވެއްޓިފައި ކަމަށް ރަޝިއާގެ ޚަބަރުތައް ބުނެއެވެ.
މިހާތަނަށް އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
މި ބޯޓުގައި 43 ފަސިންޖަރުން ތިބިއިރު ފަސް ކުޑަކުދިންނާއި ހަ ފަޅުވެރިން ދަތުރުކުރި އެވެ.









