އިނގިރޭސިވިލާތުން ބުނީ ދެދައުލަތް އޮތުމަކީ ފަލަސްޠީނާއި އިސްރާއީލުގެ މީހުންނަށް ޞުލްޙައިގެ އުންމީދު އާލާވާނެ ކަމެއް ކަމަށް.
394 ދުވަސް ކުރިން - 20:22
ވިލާތުގެ ޤައުމުތަކުގެ ގިނަ އެއާޕޯޓުތަކުގެ ސިސްޓަމް މައްސަލައެއް ދިމާވެ ފުލައިޓުތައް ޑިލޭވެ، ކެންސަލްވެ، ފަސިންޖަރުން ތާށިވެއްޖެ. މިއީ ސައިބަރ އެޓޭކެއް. މިކަން ކުރިބަޔަކު އަދި ނޭނގެ.
395 ދުވަސް ކުރިން - 11:08
ހަމާސްއިން ދޭ މެސެޖަކީ 1986 ގައި ލުބުނާނުން ގެއްލުވައިލި އިސްރާއީލުގެ ވައިގެ ސިފައިންގެ ކެޕްޓަން ރޮން އަރާދަށް ހެދިހެން 48 އަސީރުންނާއި ދޭތެރޭ ކަންތައް ކޮށްލާނެ ކަމަށް.
395 ދުވަސް ކުރިން - 10:41
ރޭ އިސްރާއީލުން ވަނީ ޣައްޒާގެ ފޯނާއި އިންޓަނެޓާއި ކަރަންޓުވެސް ކަނޑާލާފަ. އެތައް އިރެއް ފަހުން ކަރަންޓް ލިބުނުއިރު, ސަތޭކައެއްހާ މީހުން ޝަހީދުކޮށް 400އަށްވުރެ ގިނަމީހުން ޒަޚަމްކުރި.
396 ދުވަސް ކުރިން - 13:30
ޖަޕާނުން މިދިޔަ އަހަރު ބުނީ ފަލަސްޠީނުގައި އިސްލާމީ ދައުލަތެއް އޮންނަން ފެންނަ ކަމަށް. ނަމަވެސް އެމެރިކާއާއި މަޝްވަރާކުރުމަށްފަހު މިހާރު ބުނަނީ އެކަން ލަސްކޮށްފި ކަމަށް.
396 ދުވަސް ކުރިން - 10:15
ދާއިމީކޮށް ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރަން އުޅުނު ޤަރާރު އެމެރިކާއިން ވީޓޯ ކޮށްލައިފި. ބާކީ 14 ޤައުމުން ވޯޓުދިނީ ޤަރާރާއި އެއްކޮޅަށް.
397 ދުވަސް ކުރިން - 01:00
ޖީސީސީގެ އެއް ޤައުމަށް ޙަމަލާ ދީފިނަމަ އެއީ ޖީސީސީގެ ހުރިހާ ޤައުމަކަށް ޙަމަލާދިނުން ކަމަށް އެއްބަސްވެއްޖެ.
397 ދުވަސް ކުރިން - 19:24
ދޯހާއަށް ދިން ޙަމަލާތަކާއި ގުޅިގެން ޤަޠަރުން އިސްރާއީލްގެ މައްސަލަ އައިސީސީއަށް ހުށަހަޅައިފި.
397 ދުވަސް ކުރިން - 18:17
މައްސަލަ ބޮޑު ކެމްބޯޑިއާ-ތައިލެންޑް ބޯޑަރުގައި އަނެއްކާވެސް ހަމަނުޖެހުން ހިނގައިފި. މިފަހަރު ތައިލެންޑުގެ ސިފައިން ވަނީ މުޒާހަރާކުރި ކެމްބޯޑިއާގެ ޢާންމުންނަށް ޙަމަލާދީ ގިނަބަޔަކު ޒަޚަމް ކޮށްލާފަ.
397 ދުވަސް ކުރިން - 17:58
އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމުގެ ވާހަކަތައް އެމެރިކާގައި ފަތުރަމުންދާ އެކްޓިވިސްޓް މަހްމޫދު ޚަލީލް ސީރިއާ އަށް ޑީޕޯޓް ކޮށްލުމަށް އެމެރިކާގެ ސަރުކާރުން ނިންމައިފި.
398 ދުވަސް ކުރިން - 14:29
ރޭ ފަތިހު ނަތަންޔާހޫގެ ގްރޫޕުން ތިންފަހަރު މަތިން ޣައްޒާ ސިޓީގެ އަލް ރަންތިސީ ޗިލްޑްރަންސް ހޮސްޕިޓަލަށާށް ޙަމަލާ ދިން.
398 ދުވަސް ކުރިން - 12:37
ފިސްތޯލައާއި ވަޅި ހިފައިގެން އިންޑިއާގެ ވިޖަޔަޕޫރާ ޑިސްޓްރިކްޓްގެ ޗަޑްޗަންގައި ހުންނަ އެސްބީއައި އަށް ބަޔަކު ވަދެ ބިރު ދެއްކުމަށް ފަހު 20ކިލޯ ރަނާއި 1ކްރޯޑް ރުޕީސް ފޭރިގެންފި.
398 ދުވަސް ކުރިން - 11:03