ޤަޠަރާއި އިސްރާއީލާއި ދެމެދު އޮތް މައްސަލަ ރަސްމީކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އިއްޔެ ހުށަހަޅައިފިއެވެ. ޤަޠަރުން ބުނީ އެ ކޯޓަށް ހުށަހެޅި މައްސަލަ އަކީ ޤަވާޢިދާއި ޚިލާފަށް އިސްރާއީލުން ޤަޠަރަށް ޙަމަލާ ދިން މައްސަލައިގައި ޖަވާބުދާރީވުމަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޤަޠަރުގެ ޗީފް ނެގޯޝިއޭޓަރު މުޙައްމަދު އަލް ޚުލައިފީ ވަނީ އައިސީސީގެ ރައީސް، ފަނޑިޔާރު ޓޮމޮކޯ އަކާނޭ އާއި ބައްދަލުކުރައްވައި އިސްރާއީލާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޕްރެޝަރު ކުރައްވާފައެވެ.
ޤަޠަރުން ބުނީ އިސްރާއީލުން ދިން ޙަމަލާ އަކީ ބައިނަލްއަގުވާމީ ޤާނޫނާއި އަދި ޤަޠަރުގެ އިސްތިޤްލާލާއި މުޅިން ޚިލާފު ޢަމަލެއް ކަމަށެވެ.
އިސްރާއީލުން ޤަޠަރަށް ޙަމަލާ ދިން ސަބަބަކީ ޙަމާސްގެ ބޭފުޅުން ޝަހީދުކޮށްލުމަށެވެ.
ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިފައިންނަށް ހަމާސްގެ ބޭފުޅުން އުޅެމުންދާ ތަންތަނެއް ނޭނގެއެވެ. އެހެންކަމުން ކިރިޔާ ވެސް ތަނަކުން ފެނިއްޖެ ނަމަ ވަގުތުން ޙަމަލާދީ ޙަމާސްގެ ލީޑަރުން ޝަހީދުކޮށްލުމަށް އިސްރާއީލުން ތިބީ ތައްޔާރަށެވެ.
ޤަޠަރަށް ދިން ޙަމަލާ ދިފާޢު ކުރަމުން ޓެރަރިސްޓް ޖަމާޢަތުގެ ބޮޑުވަޒީރު ނަތަންޔާޙޫ ބުނެފައި ވަނީ އެހެން ޤައުމުތަކަށް ޙަމަލާ ދިނުމަކީ ޑިމޮކްރަސީގެ ބައެއް ކަމަށެވެ.