ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ރޭ ފަތިހު ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ދިން ޙަމަލާތަކާއި އެޅި ބޮންތަކުން 83 މީހުން ޝަހީދު ވެއްޖެ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

ރޭ ފަތިހު ނަތަންޔާހޫގެ ޓެރަރިސްޓު ގްރޫޕުން ޙަމަލާ ދިނީ ޣައްޒާ ސިޓީގެ އަލް ރަންތިސީ ޗިލްޑްރަންސް ހޮސްޕިޓަލަށާއި އަލް ޝިފާ ހޮސްޕިޓަލާއި އަލް އަހްލީ ހޮސްޕިޓަލަށެވެ. މީގެތެރެއިން ޗިލްޑްރަންސް ހޮސްޕިޓަލަށް ތިންފަހަރު ޙަމަލާ ދިން ކަމަށް މަސްދަރުތަކުން ބުނެއެވެ.އިސްރާއީލުން އިއްޔެ ވެސް ވަނީ ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އެ މީހުންގެ ޙަމަލާތައް މިހާރަކަށް އައިސް ވަނީ އިހުނަށް ވުރެ ވަރުގަދަ ކޮށްފައެވެ. .

ހަމާސް އިން ބުނާ ގޮތުގައި މިހާތަނަށް އެއްލައްކަ އަށް ވުރެ ގިނަ މުސްލިމުން އިސްރާއީލުން ވަނީ ޣައްޒާގައި ޝަހީދުކޮށްލާފައެވެ.