ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އެކުވެރި ދައުލަތްތަކުގެ (އ.ދ ގެ) ސަލާމަތީ މަޖިލީހުގެ ޤަރާރު އެމެރިކާއިން ވީޓޯ ކޮށްފިއެވެ
މި ވަގުތު ކުރިޔަށްދާ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި ފާސްކުރަން އުޅުނު އ.ދ. ގެ ޤަރާރުގައި ވަނީ ހަނގުރާމަ ވަގުތުން ހުއްޓައިލުމާއި އެކު ރަހީނުކުރި މީހުން ދޫކޮށްލުމަށެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން އެމެރިކާ ފިޔަވައި އަނެއް 14 މެންބަރު ޤައުމުން ވޯޓު ދިނީ ޤަރާރާއި އެއްކޮޅަށެވެ.
މިއީ ދެއަހަރު ވަމުންދާ އިސްރާއީލް-ޣައްޒާ ހަނގުރާމައިގައި އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށްގެން މިފަދަ ޤަރާރުތައް ހުއްޓުވި ހަވަނަ ފަހަރެވެ.
އެމެރިކާއިން މި ޤަރާރު ވީޓޯކުރީ އެ ޑްރާފްޓަކީ އެއްކޮޅަށް ޖެހިފައިވާ އަދި މުޅީން ފުރިހަމަ ނުވާ ޑްރާފްޓެއް ކަމަށް ބުނެއެވެ.