އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ޤަބޫލުކޮށްފި

ޢަބްދުﷲ ޖުނައިދު | 27 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 20:22
ކުއްލި ޚަބަރު: އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ޤަބޫލުކޮށްފި
ކުއްލި ޚަބަރު: އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ޤަބޫލުކޮށްފި
ޚުލާސާ

އިނގިރޭސިވިލާތުން ބުނީ ދެދައުލަތް އޮތުމަކީ ފަލަސްޠީނާއި އިސްރާއީލުގެ މީހުންނަށް ޞުލްޙައިގެ އުންމީދު އާލާވާނެ ކަމެއް ކަމަށް.

އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ފިޔަވަޅަކީ "ފަލަސްޠީނާއި އިސްރާއީލުގެ މީހުންނަށް ޞުލްޙައިގެ އުންމީދު އާލާކޮށް، ދެ ދައުލަތުގެ ހައްލެއް" ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ ކެނެޑާއިން ފަލަސްޠީން ޤަބޫލުކުރާ ކަމަށާއި ފަލަސްޠީނު ދައުލަތާއި އިސްރާއީލު ދައުލަތަށް ވެސް ޞުލްޙަވެރި މުސްތަޤްބަލެއް ބިނާކުރުމުގައި ކެނެޑާއިން އެހީތެރިވާނެ ކަމަށެވެ،

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަލައިގަންނަ ކަމަށާއި، އެއީ ބައިނަލްއަޤްވާމީ މަސައްކަތެއްގެ ބައެއް ކަމަށެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިއްމު އެއް ކަމަކީ، މި ޤައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންއިރު، އުސްމާނީ ޚިލާފަތުގެ ދުވަސްވަރު އެ ބިމަކީ މުސްލިމުންގެ ބިމެކެވެ. އަދި އޭގެ ފަހުން 1920ގައި ލީގް އޮފް ނޭޝަންސް މެންޑޭޓްގެ ދަށުން ވެސް އުފެއްދީ ފަލަސްޠީނު ސަރުކާރެކެވެ. ޔަހޫދީންގެ ނުބައި ނުލަފާކަން އިނގިރޭސީންނަށް އެނގެއެވެ. އެހެންކަމުން ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށްޓަކައި 1948 ގައި ދެވަނަ ބޮޑުހަނގުރާމައަށް ފަހު އިނގިރޭސީން ވަނީ ބޮޑު ބޯޓެއްގައި ޔޫރަޕުން ޔަހޫދީން ގެނެސް ފަލަސްޠީނުގެ ބިމަށް ބާލާފައެވެ. އަދި “މިއީ ކަލޭމެންގެ (ޔަހޫދީންގެ) ފަސްގަނޑު ކަމަށާއި މިތަނުގައި ޔަހޫދީ ދައުލަތެއް ޤާއިމްކޮށްދޭނެ ކަމަށް” އިނގިރޭސީން ބަލްފޯރ ޑެކްލަރޭޝަންގައި ވީ ވަޢުދު ތަކުރާރުކުރިއެވެ. ބަލްފޯރ ޑެކްލެރޭޝަން އަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ފޮރިން މިނިސްޓަރ ޖޭމްސް ބަލްފޯރ 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު (އިނގިރޭސި ސަރުކާރުން) ނެރުނު ބަޔާނެކެވެ. އޭގައި އޭނާ ވަނީ ޔަހޫދީން ބާރުވެރިކުރުމަށް ވަޢުދުވެފައެވެ.

އެހެންކަމުން މިއަދު ދުނިޔެއަށް ފެނިގެން ދަނީ މި މަންޒަރެވެ.

ޔަހޫދީން އެ ބިމުގައި ވަޒަންވެރި ކުރުވުމަށްޓަކައި އަދި ޢަރަބިން އިސްރާއީލުގެ ދައުލަތް ޤަބޫކުކުރުމަށް މަޖުބޫރު ކުރުވުމަށް ހުޅަނގުން ޖެއްސި ސްޓަންޓަކީ ފަލަސްޠީނު ދައުލަތް ޤަބޫލު ނުކުރުމެވެ. އެގޮތުން 1994 ވަނަ އަހަރު އިސްރާއީލާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ދެމެދު އޮސްލޯ އެއްބަސްވުންތަކަށްފަހު ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އުފެއްދިއެވެ. މިއީ އޮތޯރިޓި އެކެވެ. މި ޒަމާނުގެ ބަހުން ނަމަ “ނޭޝަން” އެއް ނޫނެވެ. ނުވަތަ އަމިއްލަ މިނިވަން ޤައުމެއްގެ ސަރުކާރެއް ނޫނެވެ.

މިއަދާއި ހަމަޔަށް ޕީއޭ ގެ ނަމުގައި ދައުލަތެއް ދުނިޔެއަށް ދައްކައި އަދި އެއީ މިނިވަން ފަލަސްޠީނުގެ ދައުލަތެއް ނޫނޭ ބުނެ، ދެދައުލަތުގެ ހައްލަކަށް ހުޅަނގުން ވަކާލާތުކުރީ މި ޕްލޭނުގެ ތެރެއިންނެވެ.

ހުޅަނގުގެ މަޤްޞަދަކީ ފަލަސްތީނުގައި ޙަމާސްގެ ބާރު ކަނޑުވާލުމެވެ. ޙަމާސް އަކީ އިސްރާއީލަށް ފަލަސްޠީނުގެ ބިމުން އެންމެ އިންޗިއެއް ވެސް ދިނުމަށް ދެކޮޅު ހަދާ ބަޔެކެވެ. ނަމަވެސް ޕީއޭ އިން ބޭނުންވަނީ އިސްރާއީލަށް ވެސް އެއް ބައި އެ ބިމުން ދީގެން ވެރިކަމެއް ހިންގުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%