Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްބީއައި އިން 21 މިލިއަން ޑޮލަރު ފޭރިގެންފި

އެސްބީއައި އިން 21 މިލިއަން ޑޮލަރު ފޭރިގެންފި

ޢަބްދުﷲ ޖުނައިދު
356 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2025 11:03
ހަތިޔާރާއި އެކު ބަޔަކު އެސް.ބީ.އައި. އަށް ވަދެ ބިރުދައްކަނީ (ކުރީގެ ފޮޓޯއެއް)
ހަތިޔާރާއި އެކު ބަޔަކު އެސް.ބީ.އައި. އަށް ވަދެ ބިރުދައްކަނީ (ކުރީގެ ފޮޓޯއެއް)
ޚުލާސާ

ފިސްތޯލައާއި ވަޅި ހިފައިގެން އިންޑިއާގެ ވިޖަޔަޕޫރާ ޑިސްޓްރިކްޓްގެ ޗަޑްޗަންގައި ހުންނަ އެސްބީއައި އަށް ބަޔަކު ވަދެ ބިރު ދެއްކުމަށް ފަހު 20ކިލޯ ރަނާއި 1ކްރޯޑް ރުޕީސް ފޭރިގެންފި.

އެކައުންޓެއް ހުޅުވަން ކަމަށް ހެދިގެން އިންޑިއާގެ ވިޖަޔަޕޫރާ ޑިސްޓްރިކްޓްގެ ޗަޑްޗަންގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި)ގެ ބްރާންޗަށް ތިންމީހަކު ވަދެ 20 ކިލޯ ރަނާއި ގާތްގަނޑަކަށް 1.04 ކްރޯޑް ރުޕީސް (125،000 ޑޮލަރު)ގެ ނަގުދު ފައިސާ ފޭރިގަތުމަށް ފަހު ފިލައިފިއެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި މޫނު ނިވާކޮށްގެން ތިބި ތިން މީހުން އެ ބޭންކަށް ވަނީ ކަރަންޓް އެކައުންޓެއް ހުޅުވުމަށް ކަމަށާއި، ބޭންކަށް ވަނުމާއެކު ވަގުތުން އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ސެކިއުރިޓީ ގާޑު ގެނެސް އޭނާގެ ދެއަތް ވެސް ޕްލާސްޓިކް ކްލިޕް ބޭނުންކޮށްގެން ފުރަގަހަށް ބަނެވެ. އަދި ބޭންކުގައި އެ ވަގުތު ތިބީ ތިންހަތަރު ކަސްޓަމަރުން ކަމަށާއި ފިސްތޯލަ އާއި ވަޅިން ބިރުދައްކައި ކަސްޓަމަރުންނާއި ހުރިހާ މުވައްޒަފުންގެ އަތް ބަނދެފައިވާ ކަމަށް ފުކުހުން ބުނެއެވެ.

އިންޑިއާގެ މަސްދަރުތަކުގައި އެ ޤައުމުގެ ފުލުހުންނާއި ޙަވާލާދީ ބުނެފައިވާ ގޮތުގައި 3 މީހުންގެ އެ ގޭންގުން ވަނީ، މެނޭޖަރަށް މަޖުބޫރުކޮށްގެން އޭނާ ލައްވައި ރަންތައް ރައްކާކޮށްފައިވާ ލޮކަރުތައް ހުޅުވައި 20 ކިލޯގެ ރަނާއި 1.04 ކްރޯޑް ރުޕީސް ފޭރިގަތުމަށް ފަހު ފިލައިފައެވެ. އަދި އެ މީހުން ބޭނުންކުރި ވެހިކަލަކީ ވަގު ނަންބަރު ޕްލޭޓެއް ހަރުކޮށްފައިވާ ވެހިކަލެއް ކަމަށާއި އެއިން އެއްވެސް މީހަކު އަދި ނުފެންނަ ކަމަށެވެ.

Advertisement

Advertisement 1

މިއީ އިންޑިއާގައި ދޭތެރެދޭތެރެއިން ހިނގާ ކަންކަމެވެ. މިދިޔަ އަހަރު ވެސް އެސް.ބީ.އައި ގެ ބުރާންޗެއް ލޫޓުވައިލިއެވެ. އެއީ ކަރްނާޓަކާގައެެވެ. އެ ފަހަރު 13 ކްރޯޑް ރުޕީސް އާއި 17.7 ކިލޯގެ ރަން ނެގިއެވެ. އެ މައްސަލައިގައި ހިމެނޭ 6 މީހުން އިންޑިއާގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާކުށްކުރުންފޭރުން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

1 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

8 ދުވަސް ކުރިން - 14:44

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

15 ދުވަސް ކުރިން - 07:25