ލޮސްއެންޖެލެސްގައި އިސްލާމްދީނަށް ވަންނަ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، ޔޫރަޕުގައި ވެސް މިހާރު އިސްލާމްދީނަށް ވަންނަ މީހުންގެ ޢަދަދު ވަނީ 400 ޕަސަންޓް މައްޗަށް އަރާފަ.
373 ދުވަސް ކުރިން - 16:51
އެމެރިކާ އިސްވެ އޮވެ، ރަހީނުން ދޫކޮށްލައި ނިމުމާއެކު ދެން ފެށޭ މަރުހަލާ އަކީ ހަމާސްގެ ސިފައިން ނައްތާލައި ޓަނަލްތައްވެސް ފުނޑައިލުން ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނެފި.
373 ދުވަސް ކުރިން - 16:04
2022 ވަނަ އަހަރު އެއްބަސްވެފައި އޮތީ އެމެރިކާގެ ހުރިހާ ސިފައިން 2026 ގައި ޣިރާޤުން ފައިބާ ގޮތަށް. ނަމަވެސް މިހާރު އެގޮތަށް އެކަން ނުކުރާނެ.
373 ދުވަސް ކުރިން - 12:47
މާދަމާ މިޞްރުގައި ބާއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި ބެހޭ ސަމިޓަށް ވަޑައިގަންނަވަމިކޮށް ޤަޠަރުގެ ޕްރޮޓޮކޯލް ޓީމު ދަތުރުކުރި ކާރު އެކްސިޑެންޓްވެ 3 ބޭފުޅުން އަވަހާރަވެއްޖެ.
373 ދުވަސް ކުރިން - 11:41
އިސްތިއުފާދެއްވިތާ ހަތަރުދުވަސް ފަހުން އަނެއްކާވެސް ފުރާންސުގެ ބޮޑުވަޒީރުކަމަށް ސިބޭސްޓިއަން ލިކޮރްނިޔު އައްޔަންކުރައްވައި އާ ކެބިނެޓެއް އެކުލަވައިލުމަށް ރައީސް މެޚްރޮން ފުރުޞަތު ދެއްވައިފި.
374 ދުވަސް ކުރިން - 02:04
ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކޯޅުން ބޮޑުވެފައިވާ މި ދަނޑުވަޅުގައި އެއް ދުވަހެއްގެ ތެރޭގައި 19 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ކްރިޕްޓޯ ޓްރޭޑްތައް ލިކުއިޑޭޓްވެފައިވޭ.
374 ދުވަސް ކުރިން - 22:45
ޣައްޒާގެ ދިހަހާހަށްވުރެ ގިނަ ރައްޔިތުން މިހާރު ވަނީ ސުންނާފަތިކޮށްލާފައިވާ އެމީހުންގެ ގެދޮރަށް ވަދެފަ.
374 ދުވަސް ކުރިން - 16:14
ޓްރަމްޕް ބުނީ ނޮބެލް ޞުލްޙައިގެ އިނާމު ޙައްޤުވެގެން ވަނީ އޭނާ އަށް ކަމަށާއި، ނޮބެލް އިނާމުދޭ ކޮމެޓީ މިހާރު ވަނީ ސިޔާސީ ވެފައި ކަމަށް.
375 ދުވަސް ކުރިން - 02:04
ދުނިޔޭގެ ޞުލްޙައިގެ އިނާމް ލިބުނީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާދޯއަށް. ނޮބެލް އިނާމު މިއަހަރު ލިބޭނީ ކުރީއަހަރުގެ މަސައްކަތަށް.
375 ދުވަސް ކުރިން - 18:17
7.4 މެގްނިޓިއުޑްގެ ބިންހެލުމެއް ފިލިޕީންސަށް އައިސް ދެމީހުން މަރުވެފައިވާއިރު ހޮސްޕިޓަލްތައް ވަނީ ހުސްކޮށްފަ.
375 ދުވަސް ކުރިން - 11:56
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެކި ހިސާބުތަކުގައި ބަޑީގެ ޙަމަލާތަކެއް ދީފި ކަމަށާއި ބާރުގަދަ ދެ ބޮން ވެސް ގޮއްވާލާފައިވާ ކަމަށް ޚަބަރު ލިބިއްޖެ. މީހަކު މަރުވިކަމެއް ކަށަވަރުނުވޭ.
376 ދުވަސް ކުރިން - 00:43
ތިމަންނާމެން އެއްވެސް ވަރަކަށް އީރާނާއި ކުރިމަތިލުމަކަށް ދާކަށް ބޭނުން ނުވާ ކަމަށާއި، ބޭނުމީ ޞުލްޙަވުމަށް ކަމަށް އީރާނަށް އަންގައިދީ މައްސަލަތައް ހައްލުކޮށްދިނުމަށް އިސްރާއީލުން ޕޫޓިންގެ އަރިހުގައި އެދިއްޖެ.
376 ދުވަސް ކުރިން - 23:30