"އޮފީސް ނުފެންނަނީސް" އިސްތިއުފާ ދެއްވި ބޮޑުވަޒީރު އަނެއްކާވެސް އެ މަޤާމަށް އައްޔަންކޮށްފި

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 02:04
މެޚްރޮން ވަނީ އޭނާގެ އެކުވެރިޔާ (ކ) ސިބޭސްޓިއަން ލިކޮރްނިޔު އިސްތިއުފާ ދެއްވިތާ ހަތަރުދުވަސް ފަހުން އަނެއްކާވެސް ބޮޑުވަޒީރުކަމަށް އައްޔަންކުރައްވާފަ.
މެޚްރޮން ވަނީ އޭނާގެ އެކުވެރިޔާ (ކ) ސިބޭސްޓިއަން ލިކޮރްނިޔު އިސްތިއުފާ ދެއްވިތާ ހަތަރުދުވަސް ފަހުން އަނެއްކާވެސް ބޮޑުވަޒީރުކަމަށް އައްޔަންކުރައްވާފަ.
ޚުލާސާ

އިސްތިއުފާދެއްވިތާ ހަތަރުދުވަސް ފަހުން އަނެއްކާވެސް ފުރާންސުގެ ބޮޑުވަޒީރުކަމަށް ސިބޭސްޓިއަން ލިކޮރްނިޔު އައްޔަންކުރައްވައި އާ ކެބިނެޓެއް އެކުލަވައިލުމަށް ރައީސް މެޚްރޮން ފުރުޞަތު ދެއްވައިފި.

ފަރަންސޭސިވިލާތުގެ އައު ވަޒީރުންގެ މަޖިލީހަކާއެކު ސަރުކާރު އެކުލަވާލިތާ 14 ގަޑިއިރުގެ ތެރޭގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު ސިބޭސްޓިއަން ލިކޮރްނިޔު އަނެއްކާވެސް ހަމަ އެ މަޤާމަށް ރައީސް މެޚްރޮން އައްޔަންކުރައްވައިފިއެވެ.

ދެއަހަރު ތެރޭ މެޚްރޮން އައްޔަން ކުރެއްވި ފަސްވަނަ ބޮޑުވަޒީރު ސިބޭސްޓިޔަން ލިކޮރްނިޔު މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު 4 ދުވަސް ފަހުން އޭނާ އަނެއްކާ މަޤާމަށް އައްޔަންކުރީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށްފަހުގައެވެ. ބޭނުމަކީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމެވެ. އެހެންކަމުން އޭނާ އަށް މިހާރު ވަނީ އައު ކެބިނެޓެއް އެކުލަވާލުމުގެ ފުރުޞަތުވެސް ދެއްވާފައެވެ.

ލިކޮރްނިޔު އިސްތިއުފާ ދެއްވީ ސަރުކާރު ވައްޓައިލާނެ ކަމަށް ބުނެ އިދިކޮޅުން ކުރިމަތިކުރުވި ޕްރެޝަރަށް ކެތް ނުކުރެވިގެންނެވެ.

ފްރާންސް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރާނެ ގޮތާއި މެދު ޕާޓީތަކުން އެއްގަލަކަށް ނޭރި، ފާއިތުވި ތިންބޮޑުވަޒީރުންގެ ތެރެއިން ދެބޮޑުވަޒީރުން މިދިޔަ އަހަރު ބަދަލުކުރަން ޖެހުނެވެ.

3.346 ޓްރިލިއަން ޔޫރޯއިން ދަރަނިވެރިވެފައިވާ ފުރާންސަކީ މިހާރު ޔޫރޯޒޯންގެ ތިންވަނައަށް އެންމެ ދަރަނި ބޮޑު ޤައުމެވެ.

މެޚްރޮންގެ ރިޔާސީ ދައުރު ހަމަވާން އެންމެ 18 މަސް ދުވަހަށް ވެފައިވާއިރު، އޭނާގެ މަޤްބޫލުކަމެއް މިހާރަކު ނެތެވެ.

ސިބޭސްޓިޔަން ލިކޮރްނިޔު އަކީ ރައީސް މެޚްރޮންގެ ގާތް އެކުވެރިއެކެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެކި ވަޒީރު މަގާމުތަކުގައި ފުރުއްވާފައެވެ. އޭނާ އަކީ މެކްރޮންގެ ސެންޓްރިސްޓް ކޯލިޝަންގެ ބޭފުޅެކެވެ.

ފްރާންސުގެ އެއްވެސް ޕާޓީއަކަށް މަޖިލީހުގައި އަޣުލަބިއްޔަތު ލިބިފައި ނުވެއެވެ. މިކަމުގެ ސަބަބުން ކޮންމެ ފަހަރަކު ބޮޑުވަޒީރަކު އައްޔަންކުރާ އިރަށް ސަރުކާރުތައް ވައްޓާލަނީއެވެ. މުހިންމު ޤާނޫނުތައް (ބަޖެޓް ފަދަ) ނުވަތަ އިޞްލާޙްތައް ފާސްކުރަން ވެސް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ނުކުޅެދިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%