ޣައްޒާގެ ރައްޔިތުން އެނބުރި އަންނަން ފަށައިފި

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 16:14
ޣައްޒާ ރައްޔިތުންގެ ތެރެއިން ބަޔަކު ކޮނޑުގައާއި އަތްދަނޑިމަތީގައާއި ގޯނިތަކަށް ލަކުޑިކޮޅުތަކާއި އެކި ސާމާނު އަޅައިގެން، ފަނާކޮށްފައިވާ އެމީހުންގެ ގެތަކަށް އެނބުރި އަންނަނީ / ފޮޓޯ: އަލްޖަޒީރާ
ޣައްޒާ ރައްޔިތުންގެ ތެރެއިން ބަޔަކު ކޮނޑުގައާއި އަތްދަނޑިމަތީގައާއި ގޯނިތަކަށް ލަކުޑިކޮޅުތަކާއި އެކި ސާމާނު އަޅައިގެން، ފަނާކޮށްފައިވާ އެމީހުންގެ ގެތަކަށް އެނބުރި އަންނަނީ / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ޣައްޒާގެ ދިހަހާހަށްވުރެ ގިނަ ރައްޔިތުން މިހާރު ވަނީ ސުންނާފަތިކޮށްލާފައިވާ އެމީހުންގެ ގެދޮރަށް ވަދެފަ.

އިސްރާއީލުގެ ސިފައިން ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްބަސްވެފައިވާ ގޮތަށް، އެމީހުންގެ ސަފުތައް ފަހަތަށް ޖެހި ޓޭންކަރުތައް ވެސް ޣައްޒާގެ ބިމުން ނެރެން ފެށުމާއެކު، ގަދަކަމުން ގެދޮރުން ނެރުނު މީހުންގެތެރެއިން 10،000 އަށްވުރެ ގިނަ މީހުން އަނބުރާ ޣައްޒާގެ އުތުރުގައިވާ އެމީހުންގެ ސުންނާފަތިކޮށްލާފައިވާ ވަޒަނަށް ވަންނަން ފަށައިފި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ހަނގުރާމަ ހުއްޓާލުމަކީ މި އަހަރުގެ މާޗް މަހުން ފެށިގެން ހަ ނގުރާމަ މަޑުޖައްސައިލި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޕްލޭނުގެ ފުރަތަމަ މަރުހަލާގެ ދަށުން އިސްރާއީލުގެ ސިފައިން މިހާރު ދަނީ އާބާދީ ބޮޑު ސަރަހައްދުތަކުން މުޅީން ފައިބަމުންނެވެ.

ޣައްޒާގެ އުތުރަށް އެނބުރި އައި ގިނަ މީހުންގެ ގެދޮރު އެކީއެކަށް ވަނީ ހަލާކުވެފައެވެ. ނަމަވެސް އެ މީހުން ތިބީ އެނބުރި އާދެވުމުން އުފާ ވެފައި ކަމަށް މަސްދަރުތަކުން ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ގައިދީން ބަދަލުކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވަނީ ހިމަނާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%