Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ސަމިޓަށް ވަޑައިގަންނަވަނިކޮށް ޤަޠަރުގެ 3 ބޭފުޅުން ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ

ޣައްޒާ ސަމިޓަށް ވަޑައިގަންނަވަނިކޮށް ޤަޠަރުގެ 3 ބޭފުޅުން ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ

ޢަބްދުﷲ ޖުނައިދު
332 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 11:41
ޤަޠަރުގެ ޑިޕްލޮމެޓުން ދަތުރުކުރި ވެހިކަލް އެކްސިޑެންޓްވެ ތިންބޭފުޅުން އަވަހާރަވުން / ފޮޓޯ: ޝަފަޤް، ކައިރޯ
ޤަޠަރުގެ ޑިޕްލޮމެޓުން ދަތުރުކުރި ވެހިކަލް އެކްސިޑެންޓްވެ ތިންބޭފުޅުން އަވަހާރަވުން / ފޮޓޯ: ޝަފަޤް، ކައިރޯ
ޚުލާސާ

މާދަމާ މިޞްރުގައި ބާއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި ބެހޭ ސަމިޓަށް ވަޑައިގަންނަވަމިކޮށް ޤަޠަރުގެ ޕްރޮޓޮކޯލް ޓީމު ދަތުރުކުރި ކާރު އެކްސިޑެންޓްވެ 3 ބޭފުޅުން އަވަހާރަވެއްޖެ.

މިޞްރުގެ ޝަރްމް އަލް ޝެއިޚް ގައި މާދަމާ ބާއްވާ ޣައްޒާ ޤަތުލުޢާންމާއި ބެހޭ ބައިނަލްއަޤްވާމީ ސަމިޓަށް ވަޑައިގަންނަވަނިކޮށް، ކާރު އެކްސިޑެންޓެއްގައި ޤަތަރުގެ ތިން ޑިޕްލޮމެޓުން އަވަހާރަވެއްޖެ ކަމަށް ޞިއްޙީ އޮފިޝަލުންނާއި ޙަވާލާދީ އޭއެފްޕީން ބުނެފިއެވެ.

ފަސްބޭކަލުންނާއި އެކު ދަތުރުކުރަމުންދިޔަ ޤަޠަރުގެ ބޭފުޅުން ތިއްބެވި ވެހިކަލް އެކްސިޑެންޓްވީ ޝަރްމް އެލް ޝެއިޚާއި ގާތްގަނޑަކަށް 50 ކިލޯމީޓަރު (31 މޭލު) ދުރުން ގުދު މަގަކުން އަނބުރައިލި ވަގުތު ފުރޮޅާލައިގެން ކަމަށާއި ޙާދިސާ ހިނގި ތަނުގައި ތިން ބޭފުޅުން އަވަހާރަވިއިރު ސަލާމަތްވި ދެބޭފުޅުން ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އެކު މެދުވެރިއެއްގެ ގޮތުގައި ޤަޠަރުން މަސައްކަތް ކުރިއިރު، މިފަހުން އިސްރާއީލުން ވަނީ ޤަޠަރުގައި ތިބި ޙަމާސްގެ ލީޑަރުން ޝަހީދުކޮށްލުމަށް ޤަޠަރަށް ވެސް ބޮން އަޅާފައިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

އަނެއްކޮޅުން މިފަހަރު ކާރު އެކްސިޑެންޓުގައި އަވަހާރަވި ބޭފުޅުންނަކީ ޙަމާސްގެ ބޭފުޅުންނާއި ސީދާސީދާ ބައްދަލުވެފައިވާ ބޭފުޅުން ކަމަށް ވެސް ބައެއް ނުރަސްމީ ޚަބަރުތައް ބުނެއެވެ. ނަމަވެސް، މި ޙާދިސާ އާއި ގުޅޭ ގޮތުން ޤަޠަރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯ ޗެއާމަންކަން ކުރައްވާއިރު، ޢަރަބިންނާއި ހުޅަނގުގެ ވިއްސަކަށް ޤައުމުން ބައިވެރިވާނެ ކަމަށް މިޞްރުގެ ރިޔާސަތުން ބުނެއެވެ.

ގަތަރުއިޖިޕްޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ ބަހަށް އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

14 ދުވަސް ކުރިން - 13:12

ސައޫދީ ފޯސް އަށް މިސްރު ބައިވެރި ކުރަން ސައޫދީން ދެކޮޅު ހަދައިފި

ސައޫދީ ފޯސް އަށް މިސްރު ބައިވެރި ކުރަން ސައޫދީން ދެކޮޅު ހަދައިފި

28 ދުވަސް ކުރިން - 16:27

މިސްރަށް ބިންހެލުމެއް އައިސްފި

މިސްރަށް ބިންހެލުމެއް އައިސްފި

37 ދުވަސް ކުރިން - 09:36

މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ޓޭންކަރަކަށް އީރާނުން ބާރުގަދަ ޑްރޯން ހަމަލާއެއް ދީފި!

މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ޓޭންކަރަކަށް އީރާނުން ހަމަލާ ދީފި

41 ދުވަސް ކުރިން - 04:53

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

49 ދުވަސް ކުރިން - 15:04

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

57 ދުވަސް ކުރިން - 10:54