
ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާދޯ (58އ)
ދުނިޔޭގެ ޞުލްޙައިގެ ނޮބެލް އިނާމް ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ އަށް. ލިބިވަޑައިގެންފިއެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި ދެކޮޅު އެކްޓިވިސްޓް، ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ދިފާއުކުރުމަށް މަސައްކަތްކުރާ މާރިއާ ކޮރީނާ މަޗާދޯ އަށް މި އެވޯޑް ލިބިވަޑައިގެންނެވިކަން އިއުލަން ކުރެއްވިއިރު، މި އެވޯޑް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަރަށް މަސައްކަތް ކުރެއްވިއެވެ.
އުމުރުން 58 އަހަރުގެ މަޗާދޯ އަކީ ރައީސް ނިކޮލަސް މަދޫރޯއަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ލީޑަރެވެ. 2023 ވަނަ އަހަރު ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުގެ ޕްރައިމަރީ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް 2024 ގެ ރިޔާސީ ވޯޓުގައި އޭނާއަށް ވާދައެއް ވެސް ނުކުރެވުނެވެ.
އެ އެވޯޑް އިއުލާން ކުރައްވަމުން ނޮބެލް ކޮމިޓީގެ ރައީސް ޖޯޖެން ވަޓްނޭ ފްރައިޑްނެސް ވަނީ ކޮރީނާއަށް ތައުރީފު ކުރައްވައި ޚުދުމުޚުތާރު ވެރިކަމެއްގެ ކުރިމަތީގައި އޭނާ ސާބިތުކަމާއި އެކު ކެތްތެރިވިކަން ފާހަގަކުރައްވާފައެވެ.
އެންމެ ފަހުން ވެނެޒުއެލާއަށް މިފަދަ އެވޯޑެއް ލިބުނީ 1980 ވަނަ އަހަރުގައެވެ. އެއީ މެޑިސިންގެ ދާއިރާއިން ލިބުނު ނޮބެލް އެވޯޑެވެ.
މަޗާދޯ އަށް ރަސްމީކޮށް މި އެވޯޑް ލިބޭނީ އޮސްލޯގައި އަންނަ ޑިސެމްބަރު 10 ގައި އޮންނަ ރަސްމިއްޔާތުގައެވެ.
ނޮބެލް އިނާމު ލިބޭނީ ކުރީ އަހަރުގެ މަސައްކަތަށްކަން ފާހަގަ ކުރެވެއެވެ.









