ކާބުލްގެ އެކި ހިސާބުތަކުގައި ބޮމާއި ބަޑީގެ ޙަމަލާތަކެއް!

ޢަބްދުﷲ ޖުނައިދު | 8 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 00:43
ކުއްލި ޚަބަރު: ކާބުލްގެ އެކި ހިސާބުތަކުގައި ބޮމާއި ބަޑީގެ ޙަމަލާތަކެއް
ކުއްލި ޚަބަރު: ކާބުލްގެ އެކި ހިސާބުތަކުގައި ބޮމާއި ބަޑީގެ ޙަމަލާތަކެއް
ޚުލާސާ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެކި ހިސާބުތަކުގައި ބަޑީގެ ޙަމަލާތަކެއް ދީފި ކަމަށާއި ބާރުގަދަ ދެ ބޮން ވެސް ގޮއްވާލާފައިވާ ކަމަށް ޚަބަރު ލިބިއްޖެ. މީހަކު މަރުވިކަމެއް ކަށަވަރުނުވޭ.

ޠާލިބާނުން ވެރިކަން ކުރަމުންދާ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ދެ ސަރަޙައްދެއްގައި މީގެ އިރުކޮޅެއް ކުރިން ދެ ބޮން ގޮއްވާލާފައިވާ ކަމަށާއި އެ ސިޓިގެ އެކި ހިސާބުތަކުން ބަޑީގެ ޙަމަލާތަކުގެ އަޑު ވެސް އިވެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ ޓެރަރިސްޓް ޖަމާޢަތަކުން ދެމުންދާ ޙަމަލާތަކެއް ކަމެއް ވެސް އަދި ކަށަވަރު ނުވާއިރު، ލިބުނު ގެއްލުންތަކުގެ ތަފްޞީލެއް ވެސް އަދި ނުލިބެއެވެ.

އަފްޣާނިސްތާނުގެ ބައެއް ފަރާތްތަކާއި ޙަވާލާދީ ބޭރުގެ މީޑިއާއަކުން ބުނީ އެ ސިޓިއަށް ދިނީ ވައިގެ ޙަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%