Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަފްޣާން ރައްޔިތުން ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 18 މީހުން މަރުވެއްޖެ

އަފްޣާން ރައްޔިތުން ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 18 މީހުން މަރުވެއްޖެ

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 30 މެއި 2026 19:34
މި ހާދިސާގައި އަނިޔާ ލިބުނު ބައެއް ފަރާތްތައް---
މި ހާދިސާގައި އަނިޔާ ލިބުނު ބައެއް ފަރާތްތައް---
ޚުލާސާ

މި އެކްސިޑެންޓް ހިނގާފައިވަނީ ގިނަ އަދަދެއްގެ މީހުންނާއި ގޭބިސީގެ ސާމާނު ބަރުކޮށްގެން ދަތުރުކުރި ލޮރީގެ ޑްރައިވަރަށް ނިދިޖެހި، މަގުން ކަސިޔާރުވެގެން ކަނޑަކަށް ވެއްޓުމުގެ ސަބަބުން. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭއިރު، އިތުރު 30 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވޭ.

އަފްޣާނިސްތާނުގެ އިރުމަތީގައި އޮންނަ ލަޣްމާން ޕްރޮވިންސްގެ ހައިވޭއެއްގައި، ޕާކިސްތާނުން އެނބުރި އައި އަފްޣާން ރައްޔިތުން ގޮވައިގެން ދަތުރުކުރި މުދާ އުފުލާ ލޮރީއެއް ފުރޮޅާލައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 18 މީހުން މަރުވެއްޖެއެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި، މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 5:30 އެހާއިރު، ލަޣްމާން ޕްރޮވިންސްގެ ޤަރްޣަޔީ ޑިސްޓްރިކްޓްގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގިނަ އަދަދެއްގެ މީހުންނާއި ގޭބިސީގެ ސާމާނު ބަރުކޮށްގެން ދަތުރުކުރި ލޮރީގެ ޑްރައިވަރަށް ނިދިޖެހި، މަގުން ކަސިޔާރުވެގެން ކަނޑަކަށް ވެއްޓުމުގެ ސަބަބުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭއިރު، އިތުރު 30 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ލަޣްމާންގެ ގަވަރުނަރުގެ ތަރުޖަމާނު އަބްދުލް މާލިކް ނިޔާޒީ ވިދާޅުވިއެވެ. އަނިޔާވި މީހުންނަށް މިހާރު ދަނީ ނަންގަރްހާރު ޕްރޮވިންސްގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

Advertisement 1

އެކްސިޑެންޓްވި އާއިލާތަކަކީ ޕާކިސްތާނުން އެނބުރި އައުމަށްފަހު ވަގުތީ ގޮތުން ކުނާރު ޕްރޮވިންސްގައި މަޑުކޮށްގެން ތިބުމަށްފަހު، ވެރިރަށް ކާބުލްއަށް ދިއުމަށް ދަތުރުކުރި ބައެކެވެ. މި ހާދިސާއާ ގުޅިގެން ތާލިބާން ސަރުކާރުން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން 730،000 އަފްޣާނީ (ގާތްގަނޑަކަށް 10،000 ޑޮލަރު) ކަނޑައަޅާފައެވެ.

އަފްޣާނިސްތާނަކީ ގަރުނުތަކަކަށް ދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން މަގުތައް ހަލާކުވެ، ޓްރެފިކް ގަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް އާންމުކޮށް ހިނގާ ގައުމެކެވެ. އދ. ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޕާކިސްތާނުން ގަވާއިދާ ހިލާފަށް އުޅޭ މީހުން ބޭރުކުރަން ފެށި ފަހުން، މިއަހަރުގެ މިހާތަނަށް 447،000 އަށްވުރެ ގިނަ އަފްޣާން ރައްޔިތުން ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. އިންސާނީ އެހީދޭ ޖަމާއަތްތަކުން ބުނާގޮތުގައި، މިގޮތަށް ބޭރުކޮށްލާ އާއިލާތަކަށް މަޖުބޫރުވަނީ ނުރައްކާތެރި ގޮތްގޮތަށް މުދާ އުފުލާ ލޮރީ ފަދަ އުޅަނދުތަކުގައި ދަތުރުކުރުމަށެވެ.

އަފްޣާނިސްތާންޕާކިސްތާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

6 ދުވަސް ކުރިން - 00:39

ޕާކިސްތާނުގެ ހަމަލާތަކުގައި މިއަހަރު އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރުވެއްޖެ

ޕާކިސްތާނުން މިއަހަރުތެރޭ އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރާލައިފި

9 ދުވަސް ކުރިން - 11:54

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

12 ދުވަސް ކުރިން - 12:18

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ، ސޮއިކުރުން ޖެނީވާގަ

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ، ސޮއިކުރުން ޖެނީވާގަ

30 ދުވަސް ކުރިން - 07:02

ޕާކިސްތާނުގައި ރޭލަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

51 ދުވަސް ކުރިން - 21:02

އެމެރިކާއިން އަތުލައިގަތް އީރާނުގެ ފަޅުވެރިން ދޫކޮށްލައިފި

އެމެރިކާއިން އަތުލައިގަތް އީރާނުގެ ފަޅުވެރިން ދޫކޮށްލައިފި

71 ދުވަސް ކުރިން - 15:58