މިރޭ އަފްޣާނިސްތާން-ޕާކިސްތާން ބޯޑަރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ޠާލިބާނުންގެ އަސްކަރީ 16 ޕޯސްޓެއް ފުނޑުފުނޑު ކޮށްލައި އެތައް ބަޔަކު ޒަޚަމް ކޮށްލައި މަރާލައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ވިދާޅުވި ގޮތުގައި، ބޯޑަރު ހުރަސްކޮށް ދިން ޙަމަލާގައި ޠާލިބާނުންގެ 72 މީހުން ވަނީ މަރުވެފައެވެ. އަދި 120 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
މީގެ އިތުރުން ބޯޑަރު ކައިރީގައި ޠާލިބާނުންގެ ހަނގުރާމަވެރިން ހަދާފައިވާ ހަތް ޕޯސްޓެއް ވެސް ޕާކިސްތާނު ސިފައިންގެ ބާރުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ. ހަމަ އެހެންމެ، ޠާލިބާން ސިފައިންނަށް ނިސްބަތްވާ 36 ޓެންކާއި، ގިނަ ޢަދަދެއްގެ ހަތިޔާރުތައް ޕާކިސްތާނު ސިފައިން ވަނީ ގޮއްވާލާފައެވެ.
ޕާކިސްތާނުން ޙަމަލާތައް ދެނީ އެއްގަމާއި ވައިގެ މަގުންނެވެ.
މިވަގުތުވެސް ޕާކިސްތާނުން ގެންދަނީ އަފްޣާނިސްތާނުގެ އެތެރެއަށް ޙަމަލާތައް ދެމުންނެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ދެފަރާތުން މަރުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 84 އަށް އަރާފައެވެ.










