އެމެރިކާގެ ވައިގެ ޙަމަލާއަކުން ސަލާމަތްވުމަށް ވެނެޒުއެލާއިން ރަޝިޔާ އާއި އީރާނުން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކޮށްފި.
360 ދުވަސް ކުރިން - 13:09
އެމެރިކާގެ ސީއައިއޭގެ އެޖެންޓުން މިހާރު ވަނީ ވެނެޒުއެލާ ބައިބައިކޮށްފަ. ސިފައިންގެ ތެރޭގައި ވެސް އިދިކޮޅު ބަޔަކު އެބަތިބި. ސުވާލަކީ މަޑޫރޯ ހައްޔަރުކުރާނީތޯ ނުވަތަ ދުއްވާލާނީތޯ!
360 ދުވަސް ކުރިން - 12:43
ރަޝިއާއިން އަގުހެޔޮކޮށް ތެޔޮ ލިބޭތީވެ ދުވާލަކު ދެމިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ގަތުމަށް އިންޑިއާއިން ހެދި ޕްލޭން ރިވިއުކުރަނީ އެމެރިކާއިން އިންޑިއާއަށް ދަތިކޮށްފާނެތީވެ.
361 ދުވަސް ކުރިން - 16:12
ވެނެޒުއެލާއިން ހަރުކަށި އިންޒާރު ދީފައި ވަނިކޮށް އެމެރިކާގެ ބޮން އަޅާ ދެބޯޓު ވެނެޒުއެލާ އާއި ދިމާލަށް ދަތުރުކުރުމަށްފަހު އައިކޮޅަށް އަނބުރާލައިފި.
361 ދުވަސް ކުރިން - 12:10
އެމެރިކާގެ ބޮން އަޅާ ދެ މަތިންދާބޯޓު ވެނެޒުއެލާގެ ރާޑަރު ސިސްޓަމަށް އަރައިފި. މިއީ އެމެރިކާއިން ވެނެޒުއޭލާއަށް ޙަމަލާ ދިނުމަށް ތައްޔާރުވުން ކަމަށް ޚަބަރު ލިބޭ.
362 ދުވަސް ކުރިން - 02:01
ތެޔޮވަޅުތަކުގެ ބޭނުމުގައި، މުޅި ދުނިޔެ ޞައްދާމާއި މެދު ނަފްރަތު ކުރުވުމަށްފަހު މުސްލިމުންނަށް އާއަހަރުގެ ހަދިޔާއަކަށް އެމެރިކާ އާއި ހުޅަނގުން ދެއްކީ ޞައްދާމް ދަންޖައްސައި އަވަހާރަކޮށްލާ މަންޒަރު.
362 ދުވަސް ކުރިން - 16:55
މަޑޫރޯ ބުނާ ގޮތުގައި ވެނެޒުއެލާގައި އެމެރިކާގެ މަތިންދާބޯޓުތަކާއި މަނަވަރުތަކަށް އަމާޒުކޮށްގެން 5،000 މިސައިލް ފޮނުވާލުމަށް އޮތީ ތައްޔާރަށް. އެމެރިކާ އާއި ދެކޮޅަށް ހަނގުރާމައަކަށް ދާކަށް ވެނެޒުއެލާ ފަހެއްނުޖެހޭ.
362 ދުވަސް ކުރިން - 13:17
ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ކުރިން ގަދަ ދިހައެއްގައި އޮތް އެމެރިކާގެ ޕާސްޕޯޓު 12 ވަނަ އަށް ވެއްޓިއްޖެ.
362 ދުވަސް ކުރިން - 12:34
އިޒްރޭލުގެ ކުންފުނިތަކާއި އެކު ހަދާފައިވާ ބޮޑެތި އަސްކަރީ ޑީލްތައް ޣައްޒާ މައްސަލައާއި ގުޅިގެން ސްޕޭނުން ކެންސަލްކުރުމުން ޔަހޫދީ ދައުލަތަށް ދެބިލިއަން ޔޫރޯގެ ގެއްލުން ވެއްޖެ.
362 ދުވަސް ކުރިން - 11:10
ޤުދުސް ބްރިގޭޑްސްގެ ތަރުޖަމާނު ވިދާޅުވި އިޒްރާއީލުގެ ޙަމަލާތަކުގެ ސަބަބުން 8 ލީޑަރުން ޝަހީދު ވެއްޖެ ކަމަށް.
363 ދުވަސް ކުރިން - 18:27
ޙަމާސް އާއި ދެކޮޅަށް ހަނގުރާމަކޮށް އެންމެން ޝަހީދުކޮށްލަން ޓްރަމްޕް ވިސްނަން ފަށައިފި. އޭނާ ވިދާޅުވީ ޙަމާސް އާއި ހަނގުރާމަކުރަން އެމެރިކާއިން ޣައްޒާއަށް އަރަން ޖެހިދާނެ ކަމަށް.
363 ދުވަސް ކުރިން - 17:25
ދުނިޔޭގެ މުސްލިމު އެތައް ޤައުމަކަށް އިސްރާއީލު ރައްޔިތުންނަށް އެތެރެވިޔަސް ރާއްޖެއަކަށް އެތެރެއް ނުވެވޭ. ރާއްޖޭގެ ރައްޔިތުން ޔަހޫދީން ދެކެ ވަރަށް ރުޅިއަންނާތީވެ އީރާނުން ވަރަށް އުފާވޭ.
363 ދުވަސް ކުރިން - 14:54