ރަޝިއާގެ 5000 މިސައިލާއެކު، ވެނެޒުއެލާއިން އެމެރިކާއަށް އިންޒާރުދީފި!

ޢަބްދުﷲ ޖުނައިދު | 43 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 13:17
ވެނެޒުއެލާގެ ރައީސް މަޑޫރޯ ވިދާޅުވީ އެމެރިކާއިން ވެނެޒުއެލާގެ އިސްތިޤްލާލަށް އަރައިގެންފައިވާ ކަމަށް.
ވެނެޒުއެލާގެ ރައީސް މަޑޫރޯ ވިދާޅުވީ އެމެރިކާއިން ވެނެޒުއެލާގެ އިސްތިޤްލާލަށް އަރައިގެންފައިވާ ކަމަށް.
ޚުލާސާ

މަޑޫރޯ ބުނާ ގޮތުގައި ވެނެޒުއެލާގައި އެމެރިކާގެ މަތިންދާބޯޓުތަކާއި މަނަވަރުތަކަށް އަމާޒުކޮށްގެން 5،000 މިސައިލް ފޮނުވާލުމަށް އޮތީ ތައްޔާރަށް. އެމެރިކާ އާއި ދެކޮޅަށް ހަނގުރާމައަކަށް ދާކަށް ވެނެޒުއެލާ ފަހެއްނުޖެހޭ.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެނެޒުއެލާގެ 27 މީހަކު މަރާލައި ވެނެޒުއެލާގެ އައްސޭރިފަށުގައި އެމެރިކާގެ މަނަވަރުތަކާއި ޑްރޯންތައް ޙަރަކާތެރިވާތީވެ، ރައީސް ނިކޮލަސް މަޑޫރޯ ޓްރަމްޕަށް އިންޒާރު ދެއްވައިފިއެވެ. މަޑުރޯ ވިދާޅުވީ އޭނާގެ ޤައުމުގައި ރަޝިއާގެ 5000 މިސައިލް އެބަހުރި ކަމަށާއި އެތަކެތި މިހާރު ވަނީ އެމެރިކާގެ އުޅަނދުތަކާއި ދެކޮޅަށް ހަނގުރާމައަކަށް ދާން ޖެހިއްޖެނަމަ ތައްޔާރީ ޙަލަތުގައެވެ.

ހުސްވި ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު އެމެރިކާގެ ސިފައިން ވަނީ ވެނެޒުއެލާގެ އުޅަނދަކަށް ޙަމަލާދީ 11 މީހުން މަރާލާފައެވެ. އަދި އިތުރު ޙަމަލާތަކުގައި ފާއިތުވި ހަފްތާތަކުގައި މަރުވި މީހުންގެ ޢަދަދު މަދުވެގެން 27 އަށް އަރާފައިވާ ކަމަށް އދ. އިން ބުނެއެވެ. އެމެރިކާއިން ބުނަނީ އެ މީހުން ޙަމަލާ ދިނީ މަސްތުވާތަކެތީގެ އޮޕަރޭޥޝަންތައް ހުއްޓުވުމަށެވެ.

ވެނެޒުއެލާ އަށް ރަޝިޔާއިން ދީފައިވާ 5،000 މިސައިލަކީ ލޯންގް ރޭންޖް މިސައިލެއް ނޫނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަތިޔާރުތަކުގެ ތެރޭގައި ގިނައީ ފަސްކިލޯމީޓަރާއި ހަކިލޯމީޓަރާއި ދެމެދުގެ ދުރުމިނަކަށް ދަތުރުކުރާ ތަކެއްޗެވެ. ވެނެޒުއެލާގެ އުތުރު އައްސޭރިފަށާއި ފްލޮރިޑާގެ ދެކުނު ކޮޅާއި ދެމެދު އޮންނަ އެންމެ ކައިރީގައި އޮންނަ ހިސާބަކީ ގާތްގަނޑަކަށް 2،200 ކިލޯމީޓަރު ކަމުން ވެނެޒުއެލާއިން އެމެރިކާއަށް ސީދާ ޙަމަލާ ދިނުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެފަދަ ދުރުރާސްތާ މިސައިލެއް ވެނެޒުއެލާގައި ހުރި ކަމެއް ހަތިޔާރުގެ ރާސްތާ މޮނިޓާކުރާ ބައިނަލްއަޤްވާމީ ފަރާތްތަކުން އަދި ބުނެފައި ނުވާތީއެވެ. ނަމަވެސް ވެނެޒުއެލާގެ ކައިރީގައި ފޯރިމަރަމުންދާ އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދީ އަދި އުދުހެމުންދާ ޖެޓުތައް ވައްޓާލެވޭނެ ޤާބިލްކަން ވެނެޒުއެލާ އަށް ލިބިގެންވެއެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ އެމެރިކާއާއި ވެނެޒުއެލާ އާއި ދެމެދު ހަނގުރާމައެއް އިޢުލާންކޮށްފައެއް ނެތެވެ. ނަމަވެސް، އެމެރިކާއިން ވެނެޒުއެލާގެ ރައްޔިތުން މަރާލާފައި ވާތީ އާއި، އެމެރިކާއިން ވެނެޒުއެލާގެ ސަރަޙައްދުގައި ހިންގަމުންގެންދާ ޢަމަލުތަކަކީ އެގައުމުގެ އިސްތިޤްލާލާއި ގާނޫނާއި ޚިލާފު ތަދައްޚުލުވުމެއް ކަމަށް ވެނެޒުއެލާއިން ދެކެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%