އެމެރިކާއިން ވެނެޒުއޭލާ އަށް ޙަމަލާ ދޭން ތައްޔާރުވަނީ

ޢަބްދުﷲ ޖުނައިދު | 42 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 02:01
ކުއްލި ޚަބަރު: އެމެރިކާއިން ވެނެޒުއޭލާ އަށް ޙަމަލާ ދޭން ތައްޔާރުވަނީ
ކުއްލި ޚަބަރު: އެމެރިކާއިން ވެނެޒުއޭލާ އަށް ޙަމަލާ ދޭން ތައްޔާރުވަނީ
ޚުލާސާ

އެމެރިކާގެ ބޮން އަޅާ ދެ މަތިންދާބޯޓު ވެނެޒުއެލާގެ ރާޑަރު ސިސްޓަމަށް އަރައިފި. މިއީ އެމެރިކާއިން ވެނެޒުއޭލާއަށް ޙަމަލާ ދިނުމަށް ތައްޔާރުވުން ކަމަށް ޚަބަރު ލިބޭ.

އެމެރިކާއިން ވެނެޒުއޭލާ އަށް ޙަމަލާ ދޭން ތައްޔާރުވަމުންދާ ކަމަށާއި އެމެރިކާގެ ބިން އަޅާ ދެ މަތިންދާބޯޓު ވެނެޒުއެލާގެ ފްލައިޓް ރާޑަރުން ފެނިފައެމިބާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.

އެ މަސްދަރުން ބުނީ މިއީ ކުރިއަށް އޮތްތަނުގައި ވެނެޒުއެލާ އަށް ޙަމަލާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއްކަމަށް ބެލެވޭ ކަމަށާއި، މިހާރު ވެނެޒުއެލާގެ ވައިގެ ދިފާޢީ ނިޒާމުތައް ވެސް ތައްޔާރީ ޙާލަތުގައި އޮތްއިރު، އެމެރިކާގެ ބީ-1 ބޮން ގޮއްވާ ބޯޓުތައް ވެނެޒުއެލާގެ ސަރަހައްދުގައި ތިބުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ މިއަދު އެމެރިކާ އަށް އިންޒާރުވެސް ދެއްވިއެވެ. އޭނާ އެ އިންޒާރު ދެއްވި ސަބަބަކީ ވެނެޒުއެލާގެ ކައިރީގައި އެމެރިކާގެ މަނަވަރާއި ޖާސޫސުން ޙަރަކާތްތެރިވާތީއެވެ.

ވެނެޒުއެލާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް ކަމަށް ވެއެވެ. އެމެރިކާ އަށްވުރެ ފަސްގުނަ އިތުރަށް ވެނެޒުއެލާގެ ރިޒާވުގައި ތެޔޮ އެބަހުއްޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%