Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދޮގާއި މަކަރުގެ މަޅީގައި ޖައްސުވައި ލީޑަރެއް އަވަހާރަކޮށްލި ގޮތް!

ދޮގާއި މަކަރުގެ މަޅީގައި ޖައްސުވައި ލީޑަރެއް އަވަހާރަކޮށްލި ގޮތް!

ޢަބްދުﷲ ޖުނައިދު
321 ދުވަސް ކުރިން - 23 އޮކްޓޫބަރު 2025 16:55
ޣިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން: އެމެރިކާ އާއި ހުޅަނގުގެ ސިފައިން އެމަނިކުފާނު އަވަހާރަކޮށްލީ މުޅި ދުނިޔެއަށް އޮޅުވާލައިގެން.
ޣިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން: އެމެރިކާ އާއި ހުޅަނގުގެ ސިފައިން އެމަނިކުފާނު އަވަހާރަކޮށްލީ މުޅި ދުނިޔެއަށް އޮޅުވާލައިގެން.
ޚުލާސާ

ތެޔޮވަޅުތަކުގެ ބޭނުމުގައި، މުޅި ދުނިޔެ ޞައްދާމާއި މެދު ނަފްރަތު ކުރުވުމަށްފަހު މުސްލިމުންނަށް އާއަހަރުގެ ހަދިޔާއަކަށް އެމެރިކާ އާއި ހުޅަނގުން ދެއްކީ ޞައްދާމް ދަންޖައްސައި އަވަހާރަކޮށްލާ މަންޒަރު.

އެއީ ޑިސެމްބަރު 13، 2003 ގެ ފަތިހުގެ ވަގުތެވެ. އެ ދުވަސްވަރު މުޅި ހުޅަނގުން ޖެހިލުންވި އަދި ބާރުގަދަ ވެރިޔާ ޣިރާޤުގެ ރައީސް ޞައްދާމް ޙުސައިން ހޯދުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި މުޅި ނޭޓޯގެ ލަޝްކަރުތައް ރުކުރުވާލައި އެމަނިކުފާނު ހޯދުމަށް މުޅި ޣިރާޤު ފުނޑާލައި އަތްފުނާއެޅި އިރު ޞައްދާމް ފެނުނީ ގަނޑުވަރަކުންނެއް ނޫނެވެ. ބޮޑު ބަންކަރަކުން ނުވަތަ ޓަނަލަކުން ވެސް ނޫނެވެ. ޞައްދާމް ފެނުނީ ބޮޑީގާޑެއް ވެސް ނެތް ތަނެއްގައި އެކަނިމާއެކަނި ހުއްޓައެވެ. ވަލުތެރޭގައި ހުރި ކުޑަކުޑަ ހަފޫޓުގެ ހޮރަކުންނެވެ. އޭނާގެ އުފަން ރަށް ތިކްރީތުގެ ދަނޑަކުންނެވެ. އަތުގައި ފިސްތޯލައެއް އޮތް އިރު ދިގު ތުބުޅިއެއް ހުއްޓެވެ. މީހާ ހުރީ ގައިން ވަރުދޫވެ ނިކަމެތިވެފައެވެ. ނޭވާލުމަށް އެ “ހޮރު”ގައި މައްޗަށް ވާގޮތަށް ހޮޅިއެއް ހުރިއިރު އެ ހޮރުތެރޭގައި ދެން ހުރީ ކުޑަކުޑަ ފަންކާއެކެވެ. ޞައްދާމު މި ޙާލަތަށް ވައްޓައިލީ އެމެެރިކާއިންނެވެ.

ޞައްދާމް ފިއްލަވައިގެން އޮތް ތަން (ޚުލާސާ)

Advertisement

Advertisement 1

އެ މީހުން ޞައްދާމް ގެންގޮސް އެންމެ ފަހުން މުޅި ދުނިޔެއަށް ލައިވްކޮށް ދައްކައިލީ ޞައްދާމް ޙުސައިން ދަންޖައްސައި އަވަހާރަކޮށްލި މަންޒަރެވެ. އެއީ މުސްލިމު ޤައުމުތަކަށް އެމީހުން ދިން އާއަހަރުގެ ހަދިޔާއވެ. 7 މުޙައްރަމް 1428 ނުވަތަ 30 ޑިސެމްބަރު 2006 ގައެވެ. އެމެރިކާ އާއި ހުޅަނގުން ރޭވި ރޭވުމެވެ.

ޞައްދާމް ޙުސައިން އަވަހާރަކޮށްލުމަށް އެމެރިކާއިން ޕްލޭން ކުރީ ޣިރާޤުގެ ތެޔޮވަޅުތަކުގެ ބޭނުމުގައެވެ. ޞައްދާމް ޙުސައިނަކީ ޑިކެޓޭޓަރެކޭ، ނުރައްކާތެރި ހަތިޔާރުތައް ގެންގުޅެއޭ ބުނެ އެތައް އަހަރެން ވަންދެން އެމެރިކާގެ ސީއައިއޭ އާއި އެޤައުމުގެ އެކުވެރިން މުޅި ދުނިޔޭގައި ޞައްދާމާއި ދެކޮޅަށް ވާހަކަތައް ފަތުރައި ނަފްރަތު އުފެއްދި ހަމައެކަނި ބޭނުމަކީ އެއީއެވެ. މިކަން ކާމިޔާބު ކުރުމަށް އެމެރިކާއިން ޖެއްސި “ގޭމަކީ” ޞައްދާމަށް ނަފްރަތު އުފެއްދުމެވެ. އެގޮތުން ޣިރާޤުގައި ކެމިކަލް ހަތިޔާރާއި ބަޔޮލޮޖިކަލް ހަތިޔާރުގެ ބޮޑު ސްޓޮކްތަކެއް އެބަހުރި ކަމަށާއި، ޞައްދާމް ގެންދަވަނީ ދުނިޔޭގެ އަދި ޚާއްޞަކޮށް ޔޫރަޕްގެ ބޮޑެތި ސިޓީތަކުގެ ރައްޔިތުން މަރައިލުމަށް ރާވަމުން ކަމަށް ބުނެ ދޮގުމަތިން ދޮގުތައް ހަދައި މުޅި ދުނިޔެ ޞައްދާމާއި ދެކޮޅުވެރިކުރުވީއެވެ.

މިކަން ފަޅާއެރީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު އދ.ގެ ޗީފް އިންސްޕެކްޓަރު ސަލާމަތީ މަޖިލީހުގައި ވިދާޅުވި ވާހަކަތަކުންނެވެ. އޭނާ ވިދާޅުވީ ޣިރާޤުގައި ގިނަ ބަޔަކު ނައްތާލާ ހަތިޔާރު ހުރިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެންމެފަހުން 2005 ވަނަ އަހަރު ސީއައިއޭ އިން ވެސް ވަނީ ޣިރާޤުގައި ފަނާކުރަނިވި އެއްވެސް ހަތިޔާރެއް އެއްވެސް މިންވަރަކަށް ނެތް ކަމަށް ބުނެ އެމީހުން އަމިއްލައަށް އެކަމަށް އިޢުތިރާފް ވެފައެވެ.

16 ޖުލައި 1979 އިން ފެށިގެން 9 އެޕްރީލް 2003 އާއި ހަމަޔަށް (24 އަހަރު) ރައީސްކަން ކުރެއްވި ޞައްދާމް ޙުސައިން ނެތުމުން ޣިރާޤުގެ ގިނަ ބަޔަކު މިހާރު ދެރަވެއެވެ. ޞައްދާމްގެ ވެރިކަމުގައި ފިއްތުންތައް ކުރިމަތިވިޔަސް އެ ޤައުމުގައި އޭރު އޮތީ ހަމަޖެހުން ޤާއިމްވެފައެވެ. ނަމަވެސް، ޞައްދާމް ދަންޖައްސައި އަވަހާރަކޮށްލުމާއި އެކު އެ ޤައުމު ވެއްޓުނީ އަނިޔާވެރިކަމާއި، މަޒުހަބީ ލޭ އޮހޮރުވުމާއި، ބޭރުގެ ޙިޞާރުކުރުމުގެތެރެއަށެވެ. މިއީ މިއަދުވެސް އެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތެކެވެ.

ޣިރާޤުގެ ތެޔޮ ކާރުޚާނާއެއް - މިއަދު މީގެ ފައިދާ ނަގަނީ އެމެރިކާއިން.

އެމެރިކާ އާއި ހުޅަނގުން މިއަދު އެ ދަނީ ޣިރާޤުން ފައިދާ ނަގަމުންނެވެ. މިހާރު ޣިރާޤުން އެމެރިކާ އާއި ހުޅަނގަށް ދުވާލަކު ގާތްގަނޑަކަށް 5.5 މިލިއަން ފީފާގެ ތެޔޮ ލިބެއެވެ. މިދިޔަ އަހަރު އެކަނި އެމެެރިކާއިން ޣިރާޤުގެ ބިމުން ގާތްގަނޑަކަށް 7.5 ބިލިއަން ޑޮލަރުގެ މުދާ ނެގިއިރު، މީގެތެރޭގައި ވެސް ގިނައީ ތެލެވެ.

އެހެންކަމުން ޞައްދާމް ޙުސައިނަކީ އެމެރިކާއިން ސިފަކުރި އަނިޔާވެރި ޑިކްޓޭޓަރެއް ނޫންކަން މިއަދު މުޅި ދުނިޔެ ދަނެއެވެ. އެއީ ޣިރާޤުގެ އިސްތިޤުލާލު ރައްކާތެރިކުރެއްވި ލީޑަރެއްކަން މިއަދު އެ ޤައުމުގެ މެޖޯރިޓީ ޤަބޫލުކުރެއެވެ. ޞައްދާމް އަވަހާރަކޮށްލީ އެމެރިކާއިން ދޮގާއި މަކަރާއި އޮޅުވާލުންތަކެއްގެ ތެރޭގައި މުޅި ދުނިޔެ ޖައްސުވައިގެންނެވެ.

ޣިރާޤުގެ ރައްޔިތުންނަށް މިއަދު އެނގިފައިވާ ޙަޤީޤަތަކީ، އެ ބުނާ ކަހަލަ ހަތިޔާރުތައް އެ ޤައުމުގައި އެބަހުއްޓޭ އަދި މުޅި ޔޫރަޕް ހަލާކުކޮށްލައި އެންމެން މަރާލަން ޞައްދާމް ވަރަށް އަވަހަށް އޭނާގެ އަތުގައި ހުރި ހަތިޔާރުތައް ބޭނުންކުރާނެއޭ ބުނެ، ޞައްދާމް ޣިރާޤުގެ ރައީސްކަމުން ދުރުކޮށް އަވަހާރަކޮށްލުމުގެ ޙަޤީޤީ ބޭނުމަކީ ޣިރާޤުގެ މުއްސަނދިކަން ފޭރިގަތުމެވެ.

ދުނިޔެޢިރާޤްއެމެރިކާނޭޓޯސައްދާމް ހުސައިންރިޕޯޯޓް
Advertisement
Advertisement

1 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ޣިރާޤު

320 ދުވަސް ކުރިން - 00:32

ކޮން ޣިރާޤެއްތަ؟ އެއީ ޢިރާޤު ! ޣިރާޤެއް ނޫން

ކައްޒާބު

320 ދުވަސް ކުރިން - 19:59

އަދު ރާއްޖެވެސް ދަތުރުކުރަމުންދަނީ އެކަގަލަ ގޮތަކަށެވެ.ރާއްޖެއަކު ތެލެއްނެތެވެ.އެހެނަސް ތެލުގެ ބަދަލުގައި ވެރިކަމަށް އަރާ ސަރުކާރުތަކުންދަވާލަނީ ރައްޔިތުންގެބައިތުލްމާލެވެ.އެކަމުގެ ހިތިކިތަންމެ ފުންމިނިކަށްފިޔަޔަސް ރައްޔިތުންނަށް އަދު އޮތީ އެކަންބަލައިގަނެ ޤައުމު ދަރަނިން ސަލާމަތްނުކޮށް ރާއްޖޭގެ މިނިވަންކަންވެސް ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތްކޮށް ސަރުކާރަށް ޖިޗީދެއްކުންނޫންތޯއެވެ ކޮންވެރިއެއްތޯބަލަނީ ރައްޔިތުންނަށް

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

9 ދުވަސް ކުރިން - 09:01

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

14 ދުވަސް ކުރިން - 23:28