ވެނެޒުއެލާގައި ހުރި ރަޝިއާ އާއި އީރާނުގައި އުފެއްދި ހަތިޔާރުތައް އެމެރިކާ އާއި ދެކޮޅަށް އެކްޓިވޭޓް ކޮށްފި

ޢަބްދުﷲ ޖުނައިދު | 41 ދުވަސް ކުރިން - 25 އޮކްޓޯބަރު 2025 13:09
ކުއްލި ޚަބަރު: ވެނެޒުއެލާގައި ހުރި ރަޝިއާގެ ހަތިޔާރުތައް އެމެރިކާ އާއި ދެކޮޅަށް އެކްޓިވޭޓް ކޮށްފި
ކުއްލި ޚަބަރު: ވެނެޒުއެލާގައި ހުރި ރަޝިއާގެ ހަތިޔާރުތައް އެމެރިކާ އާއި ދެކޮޅަށް އެކްޓިވޭޓް ކޮށްފި
ޚުލާސާ

އެމެރިކާގެ ވައިގެ ޙަމަލާއަކުން ސަލާމަތްވުމަށް ވެނެޒުއެލާއިން ރަޝިޔާ އާއި އީރާނުން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކޮށްފި.

ވެނެޒުއެލާގައި ހުރި ރަޝިއާ އާއި އީރާނުގައި އުފައްދާފައިވާ ހަތިޔާރުތައް އެމެރިކާ އާއި ދެކޮޅަށް އެކްޓިވޭޓް ކޮށްފިއެވެ.

ވެނެޒުއެލާއިން ބުނީ އެމެރިކާގެ ވައިގެ ނުރައްކާތަކާއި ހަނގުރާމަކުރަން ނުކުމެ އުޅޭ ޖެޓްތައް ހުއްޓުވުމަށް އެ ޤައުމުން ވަނީ ރަޝިޔާ އާއި އީރާނުން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމުތައް އާންމުކޮށް ގާއިމްކޮށް އެތަކެތި އެކްޓިވޭޓްކޮށްފައި ކަމަށެވެ.

އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ޓެރަރިޒަމާއި މަސްތުވާތަކެތި ހުއްޓުވުމުގެ ނަމުގައި ވެނެޒުއެލާ އާއި ކުރިމަތިލުމަށް ކަމަށް މަސްދަރުތައް ބުނެއެވެ.

🇺🇸🇻🇪 "އަޅުގަނޑުމެންގެ ގައުމުގެ މަގު ކުރިއަށް ގެންދާނެ އަދި އިންޒާރުދީ ބިރުދެއްކިޔަސް ހުއްޓުވޭކަށް ނެތް. އެމެރިކާގެ ވައިގެ އަދި ކަނޑުގެ ސާމާނު ޑިޕްލޮއި ކުރުމުން ކެރިބިއަން ސަރަހައްދުގައި ނުރައްކަލެއް އޮތް ނަމަވެސް ބިރެއް ނެތި މަސައްކަތް ކުރަމުން މިދަނީ."

ވެނެޒުއެލާ އަށް މިހާރު މި ކުރިމަތިވެފައި ވަނީ، އެމެރިކާގެ ވަޔާއި ކަނޑުގެ ސިފައިންގެ ފަރާތުން ފާއިތުވީ 100 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އަސްކަރީ ނުރައްކަލާއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ދުވަހަކަށް ވުރެ ދުވަހަކު ދަނީ ވެނެޒުއެލާގެ އައްސޭރިފަށާއި ކައިރިކުރަމުންނެވެ.

“އަހަރެމެންނަކީ ހަނގުރާމަ ކުރާކަށް ބޭނުންވާ ބައެއް ނޫން، އަހަރެމެންނަކީ ޞުލްޙަ އަށް ވަކާލާތުކުރާ އަދި ޞުލްޙަ އަށް ލޯބިކުރާ ބައެއް." ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ވްލަޑިމިއާ ޕެޑްރިނޯ ލޮޕޭޒް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%