ސުޕަޕަވަރުން އެމީހުންގެ ބާރަކީ ހުރިހާ ކަމެއްގެ މައްޗަށް ހިނގާނެ އެއްޗެއް ނޫންކަން ގަބޫލުކުރަން ޖެހިފައިވާ ކަމަށާ، ބޮޑެތި ބާރުތަކުގެ އަސްކަރީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ބާރުތަކަކީ ހުރިހާ ކަމެއްގެ ޙައްލު ނޫންކަން މިއަދުގެ ދުނިޔޭގެ ޙާލަތުން ދައްކުވައިދޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ.
23 ދުވަސް ކުރިން - 06:00
މި ނިޒާމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މުއްސަނދި ގައުމުތަކުން އެމީހުންގެ އަމިއްލަ މަސްލަހަތު ހިފެހެއްޓުމަށްޓަކައި "މުއްސަނދިން މުއްސަނދިންނަށްޓަކައި" ހަދާފައިވާ ނިޒާމެއް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތަކާ މި ނިޒާމު އެއްވެސްވަރަކަށް ނުގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި.
23 ދުވަސް ކުރިން - 05:49
ގުޓެރޭޒް ވިދާޅުވީ ވޯލްޑް ބޭންކުވެސް ހިންގަނީ ދެވަނަ ބޮޑުހަނގުރާމައިގެ ބާރުގެ ދުވަސްވަރާއި އެއްގޮތަށް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތައް ދައްކުވައިދޭނެ ފަދަ ބޮޑެތި އިޞްލާޙުތަކެއް އދ އަށް ވެސް ގެންނަން މަޖުބޫރުވެފައިވާ ކަމަށް.
23 ދުވަސް ކުރިން - 05:40

މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ލިބޭ މުހިންމު ފުރުސަތެއް. ޓްރަމްޕް މިފަދަ އިޝާރާތެއް ކުރެއްވި ނަމަވެސް، އަދި މިކަމަށް ޝެޑިއުލް ކޮށްފައެއް ނުވޭ.
23 ދުވަސް ކުރިން - 19:35
މިއީ ޖެހިޖެހިގެން ދެވަނަ އަހަރަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ އިސްވެރިންނަށް އެމެރިކާއަށް އެތެރެވުން މަނާކުރި ފަހަރު. އެހެންކަމުން ރައީސް މަހުމޫދު އައްބާސް ތަގުރީރު ކުރައްވާނީ ވީޑިއޯގެ ޒަރީޢާއިން ރެކޯޑުކޮށްފައިވާ ބަޔާނެއް މެދުވެރިކޮށް.
23 ދުވަސް ކުރިން - 14:25
ރައީސް ޕެޒެޝްކިއަން ނިއުޔޯކަށް މި ވަޑައިގެންނެވީ އެމެރިކާ އާއި އީރާނު ދެމެދުގައި ދެންމެދެންމެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގަ. ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާ ވެސް މިހާރު ވަނީ ނިއުޔޯކަށް ވަޑައިގެންފަ. މިއީ އދ. ގެ އާންމު މަޖިލީހުގައި ސީރިޔާގެ ރައީސް ޖެހިޖެހިގެން ބައިވެރިވެވަޑައިގަންނަވާ ދެވަނަފަހަރު.
23 ދުވަސް ކުރިން - 14:12
ފަލަސްތީނުގެ އަބޫ ފަލާޙް އަވަށުގެ ގެތަކަށް ގެއްލުންދޭން ހަތިޔާރާއި އެކު ދިޔަ ޔަހޫދީ ވަޒަންވެރިންނާއި އެ އަވަށު ރައްޔިތުން ކުރިމަތިލައި މާރާމާރީ ހިންގައިފި. އެއާއެކު ޔަހޫދީންތައް ބިރުން ދުވެ އެ އަވަށް ވެސް ދޫކޮށް ފިލައިފި.
24 ދުވަސް ކުރިން - 11:01
އުމުރުން އެންމެ 15 އަހަރުން ފެށިގެން ބަންގިގޮވުމުގެ މާތް ޚިދުމަތުގައި ދެމިހުންނެވި ޝައިޚް އިބްރާހީމް އަލްމަދަނީ، އަލްމަދަނީ އޭނާގެ ޙަޔާތްޕުޅުގައި އެންމެ ފަހުން ޙަރަމްފުޅުގެ މިންބަރުގައި ހުންނަވައިގެން ގޮވައިލެއްވި ރަސްމީ ބަންގީގެ ރެކޯޑިންގ މިހާރު ދަނީ ވައިރަލްވަމުން.
24 ދުވަސް ކުރިން - 21:30

ސީރިއާ ސަރުކާރުގެ ދިފާޢީ ވުޒާރާގެ ދަށުން ހިންގާ މި މަރުކަޒުގައި ފުރަތަމަ ގޮވުން ގޮވުމާއެކު، ގުދަނުގައި ހުރި ގޮވާތަކެއްޗާއި ރޮކެޓްތަކުގައި ރޯވެ، ސިލްސިލާކޮށް އެތައް ގޮވުންތަކެއް އެބަގޮވާ.
25 ދުވަސް ކުރިން - 04:45
އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސްގެ ހުރިހާ ސިޓީތަކާއި، ރެފިއުޖީ ކޭމްޕްތަކާއި އަވަށްތަކުގައި ތިބި ޒުވާނުންނަށް، ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ޒަޔަނިސްޓުންނާ ދެކޮޅަށް ކުރިމަތިލުންތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ގޮވާލާފަ.
25 ދުވަސް ކުރިން - 23:54

އީރާނުގެ އަސްކަރިއްޔާއިން ބުނީ އެމެރިކާއިން އެގައުމަށް އެއްވެސް ޙަމަލާއެއް ދީފިނަމަ، ސަރަޙައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށް އެއްވެސް އިމެއް ނެތި، ވަރުގަދަ ޙަމަލާތަކެއް ދޭނެކަމަށް.
25 ދުވަސް ކުރިން - 18:41
ރާމަﷲ ކައިރީގައިވާ "ޢައިން ރާޔާ" ސަރަޙައްދުގައި އެއްވެފައި ތިބި ޔަހޫދީންތަކަކަށް އަމާޒުކޮށް ބަޑިޖަހައިފި. މިކަން ކުރީ ފަލަސްތީނުގެ ރައްޔިތެއް. މި ބަދަލުހިފުމުގެ ޙަމަލާގައި 30 އަހަރުގެ ޔަހޫދީއަކު މަރުވެފައިވާއިރު އިތުރު ޔަހޫދީންތަކެއް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފި.
25 ދުވަސް ކުރިން - 18:31