Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ރާމަﷲ ގެ ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ރާމަﷲ ގެ ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 23:54
ޞިހްޔޫނީ ވަޒަންވެރިންނާއި ސިފައިންގެ ޖަރީމާތަކުގެ ސަބަބުން ނުތަނަވަސްކަން ބޮޑުވެފައިވާ ބަރަކާތްތެރި މަސްޖިދުލް އަޤްޞާ—ރާމަﷲ ގެ ބަތަލުން ޙަމަލާ ދިނީ މި މުޤައްދަސް ބިމުގެ ދިފާޢުގަ.
ޞިހްޔޫނީ ވަޒަންވެރިންނާއި ސިފައިންގެ ޖަރީމާތަކުގެ ސަބަބުން ނުތަނަވަސްކަން ބޮޑުވެފައިވާ ބަރަކާތްތެރި މަސްޖިދުލް އަޤްޞާ—ރާމަﷲ ގެ ބަތަލުން ޙަމަލާ ދިނީ މި މުޤައްދަސް ބިމުގެ ދިފާޢުގަ.
ޚުލާސާ

އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސްގެ ހުރިހާ ސިޓީތަކާއި، ރެފިއުޖީ ކޭމްޕްތަކާއި އަވަށްތަކުގައި ތިބި ޒުވާނުންނަށް، ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ޒަޔަނިސްޓުންނާ ދެކޮޅަށް ކުރިމަތިލުންތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ގޮވާލާފަ.

ފަލަސްޠީނުގެ ބަރަކާތްތެރި މަސްޖިދުލް އަޤްޞާއަށް ޒަޔަނިސްޓު މިނިސްޓަރުންނާއި އެމީހުންގެ ހަރުކަށި ވަޒަންވެރިން ވަދެގަނެ، އެ މުޤައްދަސް ބިމުގެ ޙުރުމަތް ކަނޑަމުންދާ ދިއުމަށް ރައްދުދީ، ފަލަސްޠީނުގެ ރެސިސްޓެންސް ބަތަލުން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ރާމަﷲ ގެ ހުޅަނގުންވާ 'ޙަލްމީޝް' އިސްތިޢުމާރީ ރަށާއި ކައިރީގައި މިއަދު ދިން ބަޑީގެ ޙަމަލާއެއްގައި އިސްރާއީލްގެ ވަޒަންވެރިއަކު މަރުވެ، ބައެއް މީހުން ޒަޚަމްވެފައިވާއިރު، މިއީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް ދިން ރައްދެކެވެ. މުޅި ފަލަސްޠީނުގެ މުޖާހިދުން މިހާރު ތިބީ "ލޭގެ ބަދަލު ލެއިން" ހިފުމުގެ އަޒުމުގައެވެ.

މިއަދު ހުޅަނގުއައްސޭރީގައި ޔަހޫދީއެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އިތުރު ޔަހޫދީންތަކަކަށް ވަނީ އަނިޔާ ދީފައެވެ.

Advertisement

Advertisement 1

މި ޙަމަލާއާއި ގުޅިގެން ސަރާޔާ އަލް-ޤުދުސް (ޤުދުސް ބްރިގޭޑްސް) އިން ވަނީ ނޫސްބަޔާނެއް ނެރެ، މި އޮޕަރޭޝަނަށް މަރުޙަބާ ކިޔާފައެވެ. އަދި އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސްގެ ހުރިހާ ސިޓީތަކާއި، ރެފިއުޖީ ކޭމްޕްތަކާއި އަވަށްތަކުގައި ތިބި އިންޤިލާބީ ޒުވާނުންނަށް، ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ދުޝްމަނާ ދެކޮޅަށް ކުރިމަތިލުންތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ގޮވާލާފައެވެ. ޖަމާޢަތްތަކުން ހާމަކުރި ގޮތުގައި، ޔަހޫދީން މަސްޖިދުލް އަޤްޞާ އަށް ވަނުން ހުއްޓުވުމަކީ ފަލަސްޠީނުގެ ކޮންމެ އަހުލުވެރިއެއްގެ ޤައުމީ އަދި ދީނީ ވާޖިބެކެވެ.

އިޒުރޭލު ސިފައިން ފަލަސްތީނުގެ މަގުތައް ބަންދުކޮށްލައިގެން.

ޙަމަލާއާ ގުޅިގެން އިސްރާއީލް ސިފައިން ވަނީ ރާމަﷲ އާއި އެސަރަޙައްދުގެ އަވަށްތައް ބަންދުކޮށް، ހޮސްޕިޓަލެއް ރޭޑްކޮށް ޒަޚަމްވެފައިވާ ފަލަސްޠީނު ޒުވާނަކު ހައްޔަރުކޮށްފައެވެ. އިސްރާއީލްގެ ހަރުކަށި މިނިސްޓަރުން އޭނާ ދަންޖައްސައި މަރަން ގޮވާލަމުންދާއިރު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި އަސްކަރީ ޙަރަކާތްތައް ވަރުގަދަކުރަން އަމުރުކޮށްފައެވެ. ނަމަވެސް، ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އިސްރާއީލުގެ ބިރުދެއްކުންތަކުން ރެސިސްޓެންސްގެ ރޫޙު ނައްތާނުލެވޭނެ ކަމަށާއި، އަޤްޞާގެ ދިފާޢުގައި ކުރާ ޖިހާދު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

ފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

16 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

20 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

21 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

23 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

29 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

30 ދުވަސް ކުރިން - 12:03