އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެގައުމުގެ ބަނދަރުތައް ބަންދުކޮށް ކަނޑުގެ ބްލޮކޭޑެއް ކުރިއަށް ގެންދަން ފަށާފަ. އެމެރިކާގެ މި އާ ފިޔަވަޅުތަކުގެ ސަބަބުން، އެތައް އަހަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަހައްމަލު ކުރަމުންދާ އީރާނުގެ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ނޭދެވޭ އަސަރު ކޮށްފަ.
19 ދުވަސް ކުރިން - 17:34
ނިއުޔޯކުގައި މިހާރު ކުރިއަށްދާ މި ސެޝަނުގައި ރާއްޖޭގެ ވަފުދުން ކުއްލި ގޮތަކަށް މާލަން ދޫކޮށް ނުކުތީ، ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަކުރުމުގެ ގޮތުން.
21 ދުވަސް ކުރިން - 23:48
މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިންޑިއާ ފަދަ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް. ޑަބްލިޔުއެމްއޯއިން ބުނަނީ މިއީ ރެކޯޑްފަށުން އައި އެންމެ ބާރުގަދަ އެލް ނީނޯއަށް ވެދާނެ ކަމަށް. މި ނުރައްކަލުން ސަލާމަތްވުމަށް ކުއްލި ފިޔަވަޅުތައް އެޅުމަށް ދިރާސާވެރިން ވަނީ އިލްތިމާސްކޮށްފަ.
21 ދުވަސް ކުރިން - 20:34
ޝީ ވިދާޅުވީ ދެ ގައުމަކީ އޭއައިގައި އެންމެ ކުރިއަރާފައިވާ ގައުމުތައް ކަމުން، މީސްތަކުންގެ ލާބައަށް މި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ގާބިލުކަން އެބައޮތް ކަމަށް. މި ބައްދަލުވުމުގެ ކުރިން ދެ ޤައުމުން ވެސް ވަނީ އޭއައިގެ މިހާރުގެ އުސޫލުތައް ދަމަހައްޓަން ބޭނުންވާކަން ހާމަކޮށްފަ.
21 ދުވަސް ކުރިން - 19:53

ރައީސް ޝީ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވައިޓް ހައުސްގެ ރަތް ދޫލައިން މަރުޙަބާ ދެންނެވީ ރައީސް ޓްރަމްޕްގެ ދެކަނބަލުން.
21 ދުވަސް ކުރިން - 19:47
ޤަޠަރުގެ މެދުވެރިން ބޭނުންކޮށްގެން އީރާނުން ވަނީ އެމެރިކާއަށް އެ ޤައުމުގެ ޝަރުޠުތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހަނގުރާމަ އެއްކޮށް ހުއްޓާލުމާއި، އެމެރިކާއިން ކުރިއަށްގެންދާ އިޤްޠިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ބްލޮކޭޑްތައް ނިމުމަކަށް ގެނައުމުގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ދޫކޮށްލުން ހިމެނޭ.
21 ދުވަސް ކުރިން - 18:42
ޚާއްޞަކޮށް، މުސްލިމުންގެ މުޤައްދަޞް ތަންތަނަށް ޙަމަލާދިނުމާއި، ކީރިތި ޤުރުއާން އެންދުމާއި، މިސްކިތްތަކަށް ގެއްލުންދިނުން ފަދަ ޢަމަލުތަކަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުން ކަމަށް ޕާކިސްތާނުން ބުނި. އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ ޒަރީޢާއިން މުސްލިމުންނާ ދެކޮޅަށް ދޮގު މަޢުލޫމާތާއި ނަފުރަތު ފެތުރުން ހުއްޓުވުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް ބޭނުންވާކަން ފާހަގަކުރި.
21 ދުވަސް ކުރިން - 11:19
މި ދިފާޢީ އޮނިގަނޑަކީ، ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަތަކާއި އުދުވާންތައް ހުއްޓުވައި، ދާއިމީ ޞުލްޙަ ޤާއިމުކުރުމަށް ލިބުނު ވަރުގަދަ ބާރެއް. ޚާއްޞަކޮށް، ޣައްޒާއާއި ޤުދްސުގައި ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިސްލާމީ އުންމަތް އެއްބާރެއްގެ ގޮތުގައި ތެދުވުމަށް މިއީ ފެށުމެއް ކަމުގައި ވިދާޅުވި.
21 ދުވަސް ކުރިން - 10:34
އދ. ގެ ހަވާސާގައި އެމެރިކާ އާއި އީރާނުގެ އިސް ވަފުދުތަކުގެ މެދުގައި ތިން ގަޑިއިރެއްހާއިރުގެ ބައްދަލުވުމެއް ބޭއްވި. އިންތިޚާބަށްފަހު އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓްރަމްޕް ވިދާޅުވި.
22 ދުވަސް ކުރިން - 09:55
އޯޕަން އޭއައި އިން ހެކް ކޮށްފައި ވަނީ އޮސްޓްރޭލިޔާގެ ސަރުކާރުގެ ސިއްހީ ނިޒާމު ކަމަށްވާ މެޑިކެއާ. މިއީ އޭއައި ޕްރޮގްރާމަކުން އަމިއްލައަށް އިސްނަގައިގެން ސަރުކާރުގެ އިދާރާއަކަށް ސައިބަރ ޙަމަލާއެއް ދިން ކަމަށް ރިޕޯޓްކުރެވުނު ދުނިޔޭގެ ފުރަތަމަ ޙާދިސާ.
22 ދުވަސް ކުރިން - 09:22
36 ގައުމެއްގައި ހެދި ސާވޭއަކުން ދައްކާގޮތުގައި، އިސްރާއީލާ މެދު ނޭދެވޭ ހިޔާލު ގެންގުޅޭ މީހުންގެ މީޑިއަން ނިސްބަތް ވަނީ 67 އިންސައްތައަށް އަރާފަ. ފުރަތަމަ ފަހަރަށް އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށްވުރެ ބޮޑަށް ފަލަސްޠީނަށް ތާއީދުކުރާ މީހުންގެ ނިސްބަތް ވަނީ މައްޗަށް ގޮސްފަ.
22 ދުވަސް ކުރިން - 14:42
ރައީސް ޝަރަޢު ވިދާޅުވީ، ސީރިއާ އޮތީ ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ޙައްލުކުރަން ތައްޔާރަށް. ނަމަވެސް އިޒުރޭލަށް ސަލާމަތްތެރިކަން ބޭނުންވާނަމަ، އަވަށްޓެރި ޤައުމުތަކުގެ މިނިވަންކަމާއި ސަލާމަތަށްވެސް އިޒުރޭލުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި.
23 ދުވަސް ކުރިން - 09:15