Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާޓިފިޝަލް އިންޓެލިޖެންސް އޮންނަންވާނީ އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި: ޗައިނާ ރައީސް

އާޓިފިޝަލް އިންޓެލިޖެންސް އޮންނަންވާނީ އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި: ޗައިނާ ރައީސް

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 24 ސެޕްޓެންބަރު 2026 19:53
ޝީ ޖިންޕިންގ ވައިޓް ހައުސްއަށް ޓްރަމްޕުގެ ދެކަނބަލުން މަރުހަބާ ވިދާޅުވަނީ---
ޝީ ޖިންޕިންގ ވައިޓް ހައުސްއަށް ޓްރަމްޕުގެ ދެކަނބަލުން މަރުހަބާ ވިދާޅުވަނީ---
ޚުލާސާ

ޝީ ވިދާޅުވީ ދެ ގައުމަކީ އޭއައިގައި އެންމެ ކުރިއަރާފައިވާ ގައުމުތައް ކަމުން، މީސްތަކުންގެ ލާބައަށް މި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ގާބިލުކަން އެބައޮތް ކަމަށް. މި ބައްދަލުވުމުގެ ކުރިން ދެ ޤައުމުން ވެސް ވަނީ އޭއައިގެ މިހާރުގެ އުސޫލުތައް ދަމަހައްޓަން ބޭނުންވާކަން ހާމަކޮށްފަ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ތަރައްޤީކޮށް ބޭނުންކުރުމުގައި، އެ ޓެކްނޮލޮޖީ އަބަދުވެސް އޮންނަންވާނީ އިންސާނުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިކަން ޗައިނާ އަދި އެމެރިކާއިން ކަށަވަރުކުރަންޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިސްވެރިންނާއެކު ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ޗައިނާއާއި އެމެރިކާގެ ގުޅުމަކީ ސްޓްރެޓީޖިކް ގޮތުން ހަމަޖެހުން ޤާއިމުވެފައިވާ ގުޅުމެއް ކަމަށާއި، މިއަދު ދުނިޔޭގެ ކުރިމަތީގައި ދެ ޤައުމުން ވެސް އުފުލަންޖެހޭ ތާރީޚީ ބޮޑު ޒިންމާއެއް އެބައޮތް ކަމަށެވެ. އެގޮތުން، މި ޒިންމާގެ މުހިންމު އެއް ބަޔަކީ އޭއައި ރައްކާތެރިކަމާއެކު ކުރިއެރުވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޗައިނާ އަދި އެމެރިކާއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ދެ ޤައުމު،" ރައީސް ޝީ ވިދާޅުވިއެވެ. "އިންސާނިއްޔަތަށް ފައިދާހުރި ގޮތުގައި އޭއައި ތަރައްޤީކޮށް ބެލެހެއްޓުމުގެ ޤާބިލުކަމާއި ޒިންމާ މި ދެ ޤައުމަށް އެބައޮތް. އަދި އޭއައިގެ ތަރައްޤީ އަބަދުވެސް އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމާއި، މީސްތަކުންގެ ލާބައާއި މަންފާއަށް ޚިދުމަތްކުރާ އެއްޗަކަށް ހެދުން ކަށަވަރުކުރަންޖެހޭ."

Advertisement

Advertisement 1

ޓެކްނޮލޮޖީ ދާއިރާގެ އިސް ތަޖުރިބާކާރުންނާއި ލީޑަރުން އޭއައިގެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އިންޒާރުތައް އިތުރުކުރަމުންދިޔަ ނަމަވެސް، މި ބައްދަލުވުމުގެ ކުރިން ދެ ޤައުމުން ވެސް ވަނީ އޭއައި ރެގިއުލޭޓް ކުރުމުގައި މިހާރު އޮތް އުސޫލުތައް ދެމެހެއްޓުމަށް ބޭނުންވާކަމުގެ އިޝާރާތެއް ދީފައެވެ.

މި ބައްދަލުވުމުގައި ވިޔަފާރިއާއި، ސަރަޙައްދީ ހަމަޖެހުމުގެ އިތުރުން ކުރިއަރަމުން އަންނަ އައު ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ޗައިނާޝީ ޖިންޕިންގއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުހިންމު ބައްދަލުވުމަކަށް ޗައިނާގެ ރައީސް ޝީ ވައިޓް ހައުސްއަށް ވަޑައިގެންފި

މުހިންމު ބައްދަލުވުމަކަށް ޗައިނާގެ ރައީސް ޝީ ވައިޓް ހައުސްއަށް ވަޑައިގެންފި

7 ގަޑިއިރު ކުރިން - 19:47

އޭއައި އިންސާނުންގެ ބާރުގެ ދަށުގައި ބޭއްވުމަށް ބައިނަލްއަގުވާމީ އިދާރާއެއް އުފެއްދުމަށް 20 ގައުމަކުން ގޮވާލައިފި

އޭއައި އިންސާނުންގެ ބާރުދަށުގައި އޭއައި ބޭއްވުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި

2 ދުވަސް ކުރިން - 17:16

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

2 ދުވަސް ކުރިން - 14:25

އީރާނުގެ ރައީސް އެމެރިކާ އަށް ވަޑައިގެންފި

އީރާނުގެ ރައީސް އެމެރިކާ އަށް ވަޑައިގެންފި

2 ދުވަސް ކުރިން - 14:12

އެމްބްރިޖް ޕްރޮޖެކްޓުގެ ޓެސްޓް މަރުހަލާ ނިންމުމަށްފަހު ސައޫދީ އަރަބިއްޔާ އެ ނިޒާމުން ރަސްމީކޮށް ވަކިވެއްޖެ

އެމްބްރިޖް ޕްރޮޖެކްޓުގެ ޓެސްޓް މަރުހަލާ ނިންމުމަށްފަހު ސައޫދީން ވަކިވެއްޖެ

4 ދުވަސް ކުރިން - 13:09

އޭއައި ރެގިއުލޭޓްކުރުން: ބަހުސަށްވުރެ ބޮޑަށް މިހާރު އޮތީ އަމަލީ މަސައްކަތް

އޭއައި ރެގިއުލޭޓްކުރުން: ބަހުސަށްވުރެ ބޮޑަށް މިހާރު އޮތީ އަމަލީ މަސައްކަތް

8 ދުވަސް ކުރިން - 21:44