Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ މަގްބޫލުކަން ދަށަށް؛ ޒުވާނުންގެ ހިޔާލު މުޅިން ބަދަލުވެއްޖެ

ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ މަގްބޫލުކަން ދަށަށް؛ ޒުވާނުންގެ ހިޔާލު މުޅިން ބަދަލުވެއްޖެ

ފާތިމަތު އަނަން މުހައްމަދު
12 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 14:42
އިސްރާއީލް އަަދި ފަލަސްތީނުގެ ދިދަ
އިސްރާއީލް އަަދި ފަލަސްތީނުގެ ދިދަ
ޚުލާސާ

36 ގައުމެއްގައި ހެދި ސާވޭއަކުން ދައްކާގޮތުގައި، އިސްރާއީލާ މެދު ނޭދެވޭ ހިޔާލު ގެންގުޅޭ މީހުންގެ މީޑިއަން ނިސްބަތް ވަނީ 67 އިންސައްތައަށް އަރާފަ. ފުރަތަމަ ފަހަރަށް އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށްވުރެ ބޮޑަށް ފަލަސްޠީނަށް ތާއީދުކުރާ މީހުންގެ ނިސްބަތް ވަނީ މައްޗަށް ގޮސްފަ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްރާއީލާ މެދު އާންމުން ދެކޭގޮތް ވަރަށް ބޮޑަށް ގޯސްވެ، ބައިނަލްއަގްވާމީ ފާޑުކިޔުންތައް އިސްރާއީލަށް އަމާޒުވަމުންދާކަން ޕިއު ރިސާޗް ސެންޓަރުން ހަދާފައިވާ ދިރާސާއަކުން ހާމަވެއްޖެއެވެ.

ތަފާތު 36 ގައުމެއްގައި ކުރިއަށްގެންދިޔަ މި ސާވޭއިން ދައްކާގޮތުގައި، ސާވޭކުރެވުނު މީހުންގެ ތެރެއިން އިސްރާއީލާ މެދު ނޭދެވޭ ހިޔާލު ގެންގުޅޭ މީޑިއަން ނިސްބަތް އުޅެނީ 67 އިންސައްތައިގައެވެ. އަދި ޕޮޒިޓިވް ހިޔާލެއް އޮތީ އެންމެ 25 އިންސައްތަ މީހުންނެވެ. މި ސާވޭ ނަގާފައިވަނީ ފެބްރުއަރީ އަދި މެއި 2026 އާ ދެމެދުގެ މުއްދަތެއްގައެވެ.

ޔޫރަޕްގެ ގައުމުތަކުގައި މި ހިޔާލުތައް ވަރަށް ބޮޑަށް ފެތުރިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ސްވިޑްން އަދި ސްޕޭންގައި 78 އިންސައްތަ މީހުން އިސްރާއީލާ މެދު ދެކެނީ ނޭދެވޭ ގޮތަކަށެވެ. އަދި ނެދަލެންޑްސްގައި 76 އިންސައްތަ، އިޓަލީގައި 75 އިންސައްތަ، ޖަރުމަނުގައި 73 އިންސައްތަ އަދި އިނގިރޭސިވިލާތުގައި 69 އިންސައްތަ މީހުން ވަނީ ނޭދެވޭ ހިޔާލު ފާޅުކޮށްފައެވެ. އެމެރިކާގައި ވެސް 60 އިންސައްތަ މީހުން އިސްރާއީލާ މެދު ދެކެނީ ނޭދެވޭ ގޮތަށެވެ.

Advertisement

Advertisement 1

މި ބަދަލު ހާއްސަކޮށް ޒުވާން އުމުރުފުރާގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެމެރިކާގައި 18 އާއި 34 އަދާ ދެމެދުގެ ޒުވާނުންގެ 74 އިންސައްތަ މީހުން އިސްރާއީލާ މެދު ނޭދެވޭ ހިޔާލު ގެންގުޅޭއިރު، 50 އަހަރާއި އެއަށްވުރެ މަތީ މީހުންގެ މެދުގައި މި ނިސްބަތަކީ 49 އިންސައްތައެވެ. އަދި އޮސްޓްރޭލިއާގައި ޒުވާނުންގެ 87 އިންސައްތަ މީހުން އިސްރާއީލާ މެދު ނޭދެވޭ ހިޔާލު ފާޅުކޮށްފައިވެއެވެ.

އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން އެމެރިކާ ރައްޔިތުން ދެކޭގޮތަށް އައިސްފައިވާ ބަދަލުތައް ގެލަޕް ޕޯލަކުންވެސް ދައްކާފައިވެއެވެ. 2001 ވަނަ އަހަރުން ފެށިގެން މިފަދަ ސާވޭތައް ފެށިފަހުން، ފުރަތަމަ ފަހަރަށް އެމެރިކާ މީހުން އިސްރާއީލަށްވުރެ ބޮޑަށް ތާއީދުކުރަނީ ފަލަސްޠީނަށްކަން ހާމަވެފައިވެއެވެ. ފެބްރުއަރީ 2026 ގައި ނެގުނު ޕޯލަކުން 41 އިންސައްތަ މީހުން ފަލަސްތީނަށް ތާއީދުކުރާއިރު، އިސްރާއީލަށް ތާއީދުކުރަނީ 36 އިންސައްތަ މީހުންނެވެ.

މި ހިޔާލުތަކުގެ ބަދަލު ސިޔާސީ މައިދާނުގެ އިތުރުން މަޝްހޫރު ސަގާފަތާއި މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް ވަނީ ފެތުރިފައެވެ. މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯރ އަށް ފަލަސްތީނަށް ތާއީދުކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއި، އޭނާ އެޑް ޝީރަންގެ ޔޫ.އެސް ޓުއާ އިން ވަކިކުރުމުން އެހެނިހެން ފަންނާނުންވެސް އެކަމާ ދެކޮޅަށް ތެދުވުމަކީ މީގެ މިސާލެކެވެ.

މި ހިސާބުތަކުން ދައްކަނީ ސަރުކާރުތަކުގެ ރަސްމީ ހިޔާލުތައް ކިތަންމެ ތަފާތުވި ނަމަވެސް، ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގެ ޒުވާން ޖީލުގެ އާންމު ހިޔާލު އިސްރާއީލާ ދެކޮޅަށް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމެވެ.

އިސްރާއީލްފަލަސްތީން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ތިން ޝަރުޠަށް އެއްބަސްނުވާހާ ހިނދަކު އިޒުރޭލާއެކު ދާއިމީ ޞުލްޙައެއް ނޯންނާނެ - ސީރިއާގެ ރައީސް

"މި ތިން ޝަރުޠަށް އެއްބަސްނުވާހާ ހިނދަކު އިޒުރޭލާއެކު ދާއިމީ ޞުލްޙައެއް ނޯންނާނެ"

18 ގަޑިއިރު ކުރިން - 09:15

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

1 ދުވަސް ކުރިން - 14:25

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގެ ފުރިހަމަ ޔަޤީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވައިފި

މޫސުމީކަންކަމުގައި ރާއްޖެއަށް އެހީތެރިވާނެކަމުގެ ޔަޤީންކަން އދ.އިން ދީފި

1 ދުވަސް ކުރިން - 11:50

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރިންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރީންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

1 ދުވަސް ކުރިން - 11:01

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ރާމަﷲ ގެ ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

3 ދުވަސް ކުރިން - 23:54

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ގަޔަށް ބަޑިޖަހައި އެކަކު މަރާލައިފި

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ގަޔަށް ބަޑިޖަހައި އެކަކު މަރާލައިފި

3 ދުވަސް ކުރިން - 18:31