އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބަހުސްތައް މިއަދު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ފަށާއިރު، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ނިއުޔޯކަށް ވަޑައިގެންފިއެވެ.
ރައީސް ޕެޒެޝްކިއަން ނިއުޔޯކަށް މި ވަޑައިގެންނެވީ އެމެރިކާ އާއި އީރާނު ދެމެދުގައި ދެންމެދެންމެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ހެނދުނު ތެހެރާންގެ މެހްރަބާދު އެއާޕޯޓުން ރައީސް ޕެޒެޝްކިއަން ނިއުޔޯކަށް ފުރާވަޑައިގަންނަވަނިކޮށް ނަގާފައިވާ ރަސްމީ ފޮޓޯތަކާއި ވީޑިއޯ ފުޓޭޖް މިހާރު ވަނީ އާންމުކޮށްފައެވެ.
އަނެއްކޮޅުން ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާ ވެސް މިހާރު ވަނީ ނިއުޔޯކަށް ވަޑައިގެންފައެވެ. މިއީ އދ. ގެ އާންމު މަޖިލީހުގައި ސީރިޔާގެ ރައީސް ޖެހިޖެހިގެން ބައިވެރިވެވަޑައިގަންނަވާ ދެވަނަ އަހަރެވެ.








