Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުނިޔޭގެ މާލީ ނިޒާމުތައް ބައްޓަންކޮށްފައިވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، މުއްސަނދީންނަށް މޮޅުގޮތަށް: ގުޓެރޭޒް

ދުނިޔޭގެ މާލީ ނިޒާމުތައް ބައްޓަންކޮށްފައިވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، މުއްސަނދީންނަށް މޮޅުގޮތަށް: ގުޓެރޭޒް

ހުސައިން އިސްމާއިލް
21 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 05:49
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް
ޚުލާސާ

މި ނިޒާމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މުއްސަނދި ގައުމުތަކުން އެމީހުންގެ އަމިއްލަ މަސްލަހަތު ހިފެހެއްޓުމަށްޓަކައި "މުއްސަނދިން މުއްސަނދިންނަށްޓަކައި" ހަދާފައިވާ ނިޒާމެއް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތަކާ މި ނިޒާމު އެއްވެސްވަރަކަށް ނުގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ވާހަކަދައްކަވަމުން، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ދުނިޔޭގެ މިހާރުގެ މާލީ އޮނިގަނޑަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ މާލީ ނިޒާމުތައް ބައްޓަންކޮށްފައި ވަނީ ފަގީރު އަދި ތަރައްޤީވަމުންދާ ޤައުމުތަކަށް އިންތިހާއަށް ބޭއިންސާފުވާ ގޮތަށެވެ. މި ނިޒާމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މުއްސަނދި ގައުމުތަކުން އެމީހުންގެ އަމިއްލަ މަސްލަހަތު ހިފެހެއްޓުމަށްޓަކައި "މުއްސަނދިން މުއްސަނދިންނަށްޓަކައި" ހަދާފައިވާ ނިޒާމެއް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތަކާ މި ނިޒާމު އެއްވެސްވަރަކަށް ނުގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބޭއިންސާފު ނިޒާމުގެ ސަބަބުން ފަގީރު ގައުމުތަކަށް ލިބޭ ގެއްލުންތައް ބަޔާންކޮށްދެއްވަމުން ގުޓެރޭޒް ވިދާޅުވީ، ތަރައްޤީވަމުންދާ ޤައުމުތަކުން ލޯނު ނަގާއިރު މުއްސަނދި ޤައުމުތަކަށްވުރެ އެތައް ގުނައެއް ބޮޑު އިންޓްރެސްޓް ރޭޓެއް ދައްކަންޖެހޭ ކަމަށެވެ. މީގެ ސަބަބުން އެ ގައުމުތަކުގެ ތަޢުލީމާއި، ޞިއްޙަތާއި، އަދި ސާފު ބޯފެނުގެ ނިޒާމު ފަދަ ޒަރޫރީ ޚިދުމަތްތަކަށް ކުރަންޖެހޭ ހޭދަތަކަށް ހުރަސްއެޅި، 50 އަށްވުރެ ގިނަ ގައުމު މިހާރުވެސް ދަރަނީގެ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން މިހާރު ހުރި ކްރެޑިޓް ރޭޓިންގް ނިޒާމުތަކުގެ ސަބަބުން ފަގީރު ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލިބުމުގެ މަގު ބަންދުވަމުންދާ ކަމަށް ވިދާޅުވިއެވެ. މި ބޮޑު ގޮންޖެހުމުން ސަލާމަތްވުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އަވަސް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

Advertisement

Advertisement 1

މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުގެ ބާރު ފުޅާކޮށް، ފަގީރު ގައުމުތަކަށް ދިގު މުއްދަތުން ދައްކާ ގޮތަށް ލުއި ލޯނުތައް ލިބޭނެ އިންސާފުވެރި ނިޒާމެއް ބިނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްޤީއާއި ދެމެހެއްޓެނިވި ސުލްޙަ ގާއިމުކުރެވޭނީ، މާލީ ނިޒާމުގައި ހުރި ބާރުގެ ނިޒާމުތައް ބަދަލުކޮށް، ހުރިހާ ގައުމުތަކެއްގެ ހަމަހަމަ ހިއްސާ އެކުލެވޭ ގޮތަށް މާލީ އާކިޓެކްޗަރ ރިފޯމް ކޮށްގެން ކަމަށް ވިދާޅުވެ ޚިޠާބު ނިންމަވައިލެއްވިއެވެ.

ގުޓަރޭސްއދ. ގެ އާންމު މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު ބަދަލުކުރަން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ. ގެ ވެރިޔާ އެއްގަލަކަށް!

އދ. ރިފޯމްކުރުމަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ.ގެ ވެރިޔާ އެއްގަލަކަށް!

19 ގަޑިއިރު ކުރިން - 08:00

ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގެ ބާރު ސުޕަޕަވަރުންގެ އަތަކު ނެތް: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގެ ބާރު ސުޕަޕަވަރުންގެ އަތަކު ނެތް: ގުޓެރޭޒް

21 ގަޑިއިރު ކުރިން - 06:00

އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިންގަނީ މާޒީވެގޮސްފައިވާ ނިޒާމެއްގެ މަތިން - ގުޓެރޭޒް

ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިންގާ ގޮތް ގުޓެރޭޒަށް ކަމަކުނުދޭ

21 ގަޑިއިރު ކުރިން - 05:40