Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އދ. އިން ނިންމުންތައް ނިންމުމުގައި ކުދި ގައުމުތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ - ނައިބު ރައީސް

އދ. އިން ނިންމުންތައް ނިންމުމުގައި ކުދި ގައުމުތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ - ނައިބު ރައީސް

ހުސައިން އިސްމާއިލް
17 ގަޑިއިރު ކުރިން - 24 ސެޕްޓެންބަރު 2026 10:53
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް.
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް.
ޚުލާސާ

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ، 'ގްލޯބަލް ސައުތު' ނުވަތަ ތަރައްޤީވަމުންދާ ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި މިއަށްވުރެ ގަދަވާންޖެހޭނެ ކަމަށް ވިދާޅުވެ، ކުދި ޤައުމުތަކުގެ ދިފާޢުގައި ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ.

އދ. ފަދަ ބައިނަލްއަޤްވާމީ މައިގަނޑު މުއައްސަސާތަކުގައި ބޮޑެތި ނިންމުންތައް ނިންމުމުގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ލިބެންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ، 'ގްލޯބަލް ސައުތު' ނުވަތަ ތަރައްޤީވަމުންދާ ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި މިއަށްވުރެ ގަދަވާންޖެހޭނެ ކަމަށް ވިދާޅުވެ، ކުދި ޤައުމުތަކުގެ ދިފާޢުގައި ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ބާރުއެޅުއްވީ، މޫސުމީ ބަދަލުތަކަކީ ދުރުގައި އޮތް ބިރުވެރިކަމެއް ނޫން ކަމަށާއި، އެއީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުން ކޮންމެ ދުވަހަކު ތަޙައްމަލުކުރަންޖެހޭ ހިތްދަތި ޙަޤީޤަތެއް ކަމަށެވެ.

Advertisement

Advertisement 1

މި ބަދަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ލަސްނުކޮށް، އަދި ފަސޭހައިން ލިބޭނެ ނިޒާމެއްގެ ދަށުން ކުދި ޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދިނުން އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް އުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއި އެކު.

މީގެ އިތުރުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ އެކު ބޭއްވެވި ބައްދަލުވުމުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އދ. އިން ކުރަމުންދާ ވަކާލާތަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އަދި މުއްސަނދި ޤައުމުތަކުން މޫސުމީ ބަދަލުތަކަށް އެހީވުމަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިޚްލާޞްތެރިވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލިސްނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

4 ގަޑިއިރު ކުރިން - 23:48

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

17 ގަޑިއިރު ކުރިން - 11:19

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން”

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން“

17 ގަޑިއިރު ކުރިން - 10:34

ބިރުދެއްކުމަށް ބޯނުލަނބާނަން، ނަމަވެސް މަޝްވަރާއަށް ތައްޔާރު - އީރާން

ބިރުދެއްކުމަށް ބޯނުލަނބާނަން، ނަމަވެސް މަޝްވަރާއަށް ތައްޔާރު

18 ގަޑިއިރު ކުރިން - 09:55

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

1 ދުވަސް ކުރިން - 11:36

ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު ބަދަލުކުރަން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ. ގެ ވެރިޔާ އެއްގަލަކަށް!

އދ. ރިފޯމްކުރުމަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ.ގެ ވެރިޔާ އެއްގަލަކަށް!

1 ދުވަސް ކުރިން - 08:00