Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

ހުސައިން އިސްމާއިލް
13 ގަޑިއިރު ކުރިން - 22 ސެޕްޓެންބަރު 2026 14:25
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް.
ޚުލާސާ

މިއީ ޖެހިޖެހިގެން ދެވަނަ އަހަރަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ އިސްވެރިންނަށް އެމެރިކާއަށް އެތެރެވުން މަނާކުރި ފަހަރު. އެހެންކަމުން ރައީސް މަހުމޫދު އައްބާސް ތަގުރީރު ކުރައްވާނީ ވީޑިއޯގެ ޒަރީޢާއިން ރެކޯޑުކޮށްފައިވާ ބަޔާނެއް މެދުވެރިކޮށް.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބަހުސްތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނިއުޔޯކަށް ދިއުމަށް ހުށަހެޅި ފަލަސްތީނުގެ ރަސްމީ ޑެލިގޭޝަންގެ އެއްވެސް ބޭފުޅަކަށް އެމެރިކާ ސަރުކާރުން ވިސާ ނުދޭން ނިންމައިފިއެވެ. މިއީ ޖެހިޖެހިގެން ދެވަނަ އަހަރަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ އިސްވެރިންނަށް އެމެރިކާއަށް އެތެރެވުން މަނާކުރި ފަހަރެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނުގެ ސިޔާސީ ވެރިންނަށް އަމާޒުކޮށް ހިންގާ ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ރަސްމީ ވަފުދަށް ނިއުޔޯކަށް ދެވޭގޮތް ނުވުމުން، އދ. ގެ އާންމު މަޖިލީހުން ވަނީ ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން، ރައީސް މަހްމޫދު އައްބާސްއަށް މި ފަހަރުގެ ޖެނެރަލް ޑިބޭޓްގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދީފައިވަނީ ވީޑިއޯ މެދުވެރިކޮށް ރެކޯޑުކޮށްފައިވާ ބަޔާނެއްގެ ޒަރީއާއިންނެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ތަޅުމުގައި ފަލަސްތީނުގެ ފަރާތުން މިހާރު ހާޒިރުވެ ތިއްބަވާނީ މިހާރުވެސް އެތަނުގައި ތިއްބަވާ އދ. އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ރިޔާޒް މަންސޫރު އަދި އެ ގައުމުގެ މިޝަންގެ ޑިޕްލޮމޭޓުން އެކަންޏެވެ.

Advertisement

Advertisement 1

އެމެރިކާގެ މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުންނާއި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމެރިކާއަކީ އދ. ގެ މައި މަރުކަޒު ހުންނަ ގައުމަށް ވީހިނދު، ވަކި ގައުމެއްގެ ވެރިންނަށް ހުރަސްއެޅުމަކީ އދ. ގެ ހޯސްޓް ކަންޓްރީ އެގްރީމަންޓާ ޚިލާފު ކަމެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

ފަލަސްތީންފަލަސްތީނު އޮތޯރިޓީ (ޕީއޭ)އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭއައި އިންސާނުންގެ ބާރުގެ ދަށުގައި ބޭއްވުމަށް ބައިނަލްއަގުވާމީ އިދާރާއެއް އުފެއްދުމަށް 20 ގައުމަކުން ގޮވާލައިފި

އޭއައި އިންސާނުންގެ ބާރުދަށުގައި އޭއައި ބޭއްވުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި

10 ގަޑިއިރު ކުރިން - 17:16

އީރާނުގެ ރައީސް އެމެރިކާ އަށް ވަޑައިގެންފި

އީރާނުގެ ރައީސް އެމެރިކާ އަށް ވަޑައިގެންފި

13 ގަޑިއިރު ކުރިން - 14:12

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގެ ފުރިހަމަ ޔަޤީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވައިފި

މޫސުމީކަންކަމުގައި ރާއްޖެއަށް އެހީތެރިވާނެކަމުގެ ޔަޤީންކަން އދ.އިން ދީފި

15 ގަޑިއިރު ކުރިން - 11:50

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރިންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރީންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

16 ގަޑިއިރު ކުރިން - 11:01

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ރާމަﷲ ގެ ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

2 ދުވަސް ކުރިން - 23:54

އޭއައި ރެގިއުލޭޓްކުރުން: ބަހުސަށްވުރެ ބޮޑަށް މިހާރު އޮތީ އަމަލީ މަސައްކަތް

އޭއައި ރެގިއުލޭޓްކުރުން: ބަހުސަށްވުރެ ބޮޑަށް މިހާރު އޮތީ އަމަލީ މަސައްކަތް

6 ދުވަސް ކުރިން - 21:44