ޙަމްނާ އަޙްމަދު ވަނީ ހަންގޭރީގައި ބޭއްވުނު މުބާރާތެއްގައި އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފަ
715 ދުވަސް ކުރިން - 12:41
ޗެމްޕިއަންސް ލީގުގެ 12 ވަނައިގަ އޮތް އާސެނަލް ރޭ މިލާން އަތުން ބަލިވިއިރު ފަހަކަށް އައިސް ރަށުން ބޭރުގައި ގޯލެއް ނުޖެހޭ. އޮޑެގާޑް އެނބުރި އަޔަސް، އުނދަގޫތައް ޙައްލުވާނެކަމަށް ނުފެނޭ.
715 ދުވަސް ކުރިން - 11:04
ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ފޯމުގައި އޮތް ސްޕެއިނުގެ ބާސެލޯނާ ވަނީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ކޮޅަށް 5 ލަނޑު ޖަހާފަ. 5-2 ގެ މި ނަތީޖާއާއެކު ގަދަ 16އިގެ ޖާގަ ގާތްގަނޑަކަށް ޔަޤީންވުމުމުގެ އުއްމީދު ކޯޗަށް އެބައޮތް.
715 ދުވަސް ކުރިން - 09:30
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިލް އާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޔުވެންޓަސް ތާވަލުގެ 10 ވަނައިގައި އަދި ލިލް 12 ވަނައިގައި އޮތުމާއެކު ދެ ޓީމަށްވެސް މުހިންމު ނަތީޖާއެއް.
716 ދުވަސް ކުރިން - 16:47
ޗެމްޕިއަންސް ލީގުގައި މެޑްރިޑް ބަލިކޮށް މިލާން 6 ޕޮއިންޓާއެކު 18 ވަނައަށް އަރައިފި. ރެއާލް މެޑްރިޑަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް 17 ވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުން.
716 ދުވަސް ކުރިން - 16:12
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލުއިސް ޑިއާޒްގެ ހެޓްރިކާއެކު ލިވަޕޫލް 4-0 އިން ލެވަކޫސަން ބަލިކޮށް، 4 މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިފި.
716 ދުވަސް ކުރިން - 12:47
ސިޓީގެ ފޯޑެން ގޯލެއް ޖަހާފައި ވަނިކޮށް ސްޕޯޓިންގެ ވިކްޓަރ ޖިއޮކެރެސްގެ ހެޓްރިކާއި މެކްސިމިލިއާނޯ އަރައުޖޯގެ ގޯލުން، މެންޗެސްޓާ ސިޓީ ބަލިވީ 1-4 ލަނޑުން. ހާލަންޑު ޖެހި ޕެނަލްޓީވެސް އަމާޒުވީ ގޯލު ދަނޑިއަށް.
717 ދުވަސް ކުރިން - 06:59
'މިއީ ޤަބޫލުކުރަން ދަތި ނިންމުމެއް،' ކަމަށް ގަނާސްގައި 5 އަހަރު ހޭދަކުރުމަށް ފަހު އިސްތިއުފާދިން ކުރީގެ ކުޅުންތެރިޔާ ބުނި. އިސްތިއުފާ ދިން ސަބަބެއް ނުބުނޭ.
717 ދުވަސް ކުރިން - 20:02
ސްޕޯޓިންގެ ކޯޗު އަދި ކުރިއަށް އޮތް ތަނުގައި ޔުނައިޓެޑްގެ ކޯޗު އަމޮރިމް ބުނީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅުވުމަށް އިސްކަންދޭ ކަމަށާއި ޔުނައިޓެޑާއިމެދު ވިސްނަން ފަށާނީ ނޮވެމްބަރު 11ގެ ފަހުން ކަމަށް.
717 ދުވަސް ކުރިން - 18:44
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެންގެ ޑިވިޝަނުގެ ފައިނަލްގައި އެޗްޑީސީން ސިފައިން 3-2 ސެޓުން ބަލިކޮށް، ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ ކުޑަކާއްޓޭ.
717 ދުވަސް ކުރިން - 09:41
މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަން ފާހަގަކުރެވޭ ކަމަށް ނައިބު ރައީސް ވިދާޅުވި.
719 ދުވަސް ކުރިން - 00:07
އިއްޔެ ކުރިއަށްދިޔަ ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސްކަމުގެ ދެވަނަ ދައުރަކަށް އަޙްމަދު ހަފީޒް، ނައިބު ރައީސްކަމަށް ކުރީގެ މަޝްހޫރު ޓެނިސް ތަރި އިގްނާޒް މަންސޫރު އިންތިޚާބުވެއްޖެ.
719 ދުވަސް ކުރިން - 20:25