ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އަޙްމަދު ހަފީޒް އިއްޔެ އިންތިޚާބު ކޮށްފިއެވެ. އިއްޔެ ބޭއްވުނު އިންތިޚާބުގައި ހަފީޒަށް 95 މެމްބަރުންގެ ތެރެއިން 93 މެމްބަރުންގެ ތާޢީދު ލިބުނެވެ.
އިއްޔެ ބޭއްވުނު އިންތިޚާބުގައި ޓެނިސް އެސޯސިއޭޝަނުގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ އިތުރުން ބޯޑުގެ ތިން މެމްބަރުން ވަނީ ހޮވާފައެވެ. ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ކުރީގެ މަޝްހޫރު ޓެނިސް ތަރި އިގްނާޒް މަންސޫރެވެ. މިއީ އޭނާ މިފަދަ މަޤޤމަކަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އޭނާއަށް ޖުމްލަ 93 ވޯޓު ވަނީ ލިބިފައެވެ. އަދި ނުފެންނަ ކަމަށް އެއް ވޯޓު ލިބުނުއިރު ބާޠިލް އެއް ވޯޓު ހިމެނެއެވެ.
ހަފީޒްގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުއެވެ. އެސޯސިއޭޝަނުގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 275 މެމްބަރުންގެ ތެރެއިން މި އިންތިޚާބުގައި ވޯޓުލީ 95 މެމްބަރުންނެވެ.










