ޓެނިސް ޗެމްޕިއަންކަން އާރާ އާއި ނޫހު އަށް

އުސްތާޛް މުޙައްމަދު ޢަލީ | 370 ދުވަސް ކުރިން - 9 ފެބްރުއަރީ 2025 13:23
ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ޚުލާސާ

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، މުހައްމަދު ކައިސަން އިއްޒަތު ރަޝީދު އާއި ނޫހުގެ ޕެއާ އިން ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނަކީ، ނަބާ އާއި އާރާގެ ޕެއާ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ކުރިއަށްގެންދިޔަ 12 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން، އާރާ އާސާލް އާޒިމް އާއި މުހައްމަދު ނޫހު ނާޒިހު ހޯދައިފި އެވެ.

އޯޕަން އަންހެން ސިންގަލްސް ފައިނަލުގައި އާރާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނަބާ ނިޝާން އަތުން މޮޅުވެގެންނެވެ. އެއީ 6-3 އަދި 6-3 އިން މޮޅުވެގެންނެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ނޫހު ހޯދީ ފައިނަލުގައި 6-3 އަދި 6-1 އިން ލޫތު އަގްލީމް އަހުމަދު ބަލިކޮށްފަ އެވެ.

މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން އާރާ ހޯދީ ފައިނަލުގައި، މަންހާ މުހައްމަދު އަލީ އަތުން 6-2، 6-2 އިން މޮޅުވެގެންނެވެ.

ޖޫނިއާ ފިރިހެން ބައިގެ ޗެމްޕިއަންކަން، ނޫހު ހޯދީ ފައިނަލުގައި، މިކާ މުހައްމަދު ކަލީމް އާއި ބައްދަލުކޮށް 6-3، 6-3 އިން މޮޅުވެގެންނެވެ.

މި މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، މުހައްމަދު ކައިސަން އިއްޒަތު ރަޝީދު އާއި ނޫހުގެ ޕެއާ އިން ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނަކީ، ނަބާ އާއި އާރާގެ ޕެއާ އެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން، ހޯދީ ނަޔާރާ އުސާމާ އަލީ އާއި އަހުމަދު އައިހަމް ޝިޔާމް އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%