Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ދަރިކަލުން ކުޅިވަރު އެވޯޑަށް ނޮމިނޭޓްވެއްޖެ

ރައީސްގެ ދަރިކަލުން ކުޅިވަރު އެވޯޑަށް ނޮމިނޭޓްވެއްޖެ

މަރްޔަމް މާޙީ
197 ދުވަސް ކުރިން - 14 ފެބްރުއަރީ 2026 10:59
ޓެނިސް މުބާރާތެއްގައި ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު--- ފޮޓޯ:ޓީޓީއޭއެމް
ޓެނިސް މުބާރާތެއްގައި ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު--- ފޮޓޯ:ޓީޓީއޭއެމް
ޚުލާސާ

އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީއަށް ނޮމިނޭޓްވި ފަސް ކުޅުންތެރިންގެ ތެރޭގައި ރައީސްގެ ދަރިކަލުން އުމައިރު ވެސް ހިމެނޭ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ސްޕޯޓްސް މިނިސްޓްރީގެ ކުޅިވަރު އެވޯޑަކަށް ނޮމިނޭޓްވެއްޖެއެވެ.

އުމައިރު ނޮމިނޭޓް ވެފައިވަނީ އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީއަށެވެ. މި ކެޓަގަރީއަށް ފަސް ކުޅުންތެރިން ނޮމިނޭޓްވެފައިވާއިރު, އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. އަދި އިތުރު ކުޅުންތެރިއަކު ވެސް ޓީޓީއޭއެމް އިން ވަނީ ނޮމިނޭޓް ކޮށްފައެވެ.

މި އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތައް:

Advertisement

Advertisement 1
  1. މުހައްމަދު އަޒާން އަހްމަދު (ބީބީ)
  2. އިޔަން އަހްމަދު (ބީބީ)
  3. މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް
  4. އުމައިރު މުހައްމަދު މުއިއްޒު (ޓީޓީއޭއެމް)
  5. ޒީކް ހަސަން ލަތީފް (ޓީޓީއޭއެމް)

އިއްޔެ އާންމުކުރި ނޮމިނޭޝަންތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން ރައީސްގެ ދަރިކަލުންނަށް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި, ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި އުމައިރު ހޯދައިފައިވާ ކަމަށެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ," މަހްލޫފުގެ ޕޯސްޓުގައި ވެއެވެ.

އަދި ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.

މި އަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މި ހޮނިހިރު ދުވަހުއެވެ.

ޓެނިސް އެސޯސިއޭޝަންޓޭބަލް ޓެނިސްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ބަހުލޫލު

196 ދުވަސް ކުރިން - 10:10

ތިޔަބުނާ ހޯދި ކާމިޔާބީއެއް ފެންނާން އެބައޮތްބާ؟ ކަނޑުއަޑިން އެޅިބުރިޖުކައިރީގަ ވަޅހުލާފަދޯ ހުރީ ތިޔަ ބައިނަލްއަޤުވާމީ ކާމިޔާބުތައް؟ ގައިމު ފެންނާން ހުރީ އެންމެ މެޗަކުންވެސް މޮޅުނުވެ ބޮޑުތަނުން ބަލިވެފަ އޮތްތަން. އެއަށްވުރެ ރަނގަޅު ނަތީޖާނެރެވިދާނެކަމަށް ގަބޫލުކުރެވޭ މާމޮޅެތި ކުދިން ވެސް އެބަތިބި އެކަމު ޕްރިންސް ވީމަ ފޮނުވީ ކަމަށް ބެލެވެނީ. ހުރިހާމެޗަކުން ބަލިވުން އެއީ ވ ބޮޑު ކާާމިޔާބީއެއް، މި ސަރުކާރުގަ ކާމިޔާބީ ކިޔަނީ މިގޮތަށް ކަމަށްނެދާނެ. ވ ކާމިޔާބު ދެއަހަރު މި ދިޔައީ ވެސް އެގޮތަށް. ބާތުޑޭ ޕާޓީ އަކަށް މިހެދީ ކުޅިވަރު އެވޯޑު ވެސް

ގުޅޭ ޚަބަރުތައް

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

2 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

22 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

3 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

3 ދުވަސް ކުރިން - 10:22