Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭނެ: ނައިބު ރައީސް

ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭނެ: ނައިބު ރައީސް

އައިޝަތު ރުވާ ރިފްޢަތު
674 ދުވަސް ކުރިން - 4 ނޮވެންބަރު 2024 00:07
މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024- 14 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް
މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024- 14 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަން ފާހަގަކުރެވޭ ކަމަށް ނައިބު ރައީސް ވިދާޅުވި.

ފުޓުބޯޅައަކީ ޤައުމީ މަސައްކަތެއް ކަމަށާއި އެކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024- 14 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި ފުޓުބޯޅަ ދިރުވައި އާލާކުރުމަށް ފުޓުބޯޅަ އެކެޑަމީތަކާއި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވަމުން، ފުޓުބޯޅަ ކުރިއެރުވުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ނަޞްރުގެ ދުވަސް ފަދަ ޤައުމީ އިޙުތިފާލެއް ފާހަގަކުރާ ދުވަހެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުޓުބޯޅަ މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުޓުބޯޅައަށާއި ކުޑަކުދިންނަށް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ނައިބު ރައީސް އިތުރަށް ވިދާޅުވީ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޤައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ، ކޮންމެ ކުއްޖަކުވެސް، ޤައުމީ ފެންވަރުގައި، ޤައުމީ ރޫޙުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ފައިނަލް މެޗުގެ ކުޅުން ބައްލަވާލައްވާފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާ އަށާއި ވަނަވަނަ ޙާޞިލުކުރި ޓީމުތަކަށާއި އޮފިޝަލުންނާއި ރެފްރީންނަށް ތަށްޓާއި ހަނދާނީ ފިލަޔާއި އިނާމު ޙަވާލު ކޮށްދެއްވައި ބޯޅައިގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްފުޓްބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

29 ދުވަސް ކުރިން - 08:53

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

38 ދުވަސް ކުރިން - 04:15

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ނިއު ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

39 ދުވަސް ކުރިން - 04:07

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

41 ދުވަސް ކުރިން - 17:19

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

43 ދުވަސް ކުރިން - 10:11