Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޕޯޓިންގ އަތުން 4-1 އިން ސިޓީ ބަލިވެ އުނދަގޫތަކެއް

ސްޕޯޓިންގ އަތުން 4-1 އިން ސިޓީ ބަލިވެ އުނދަގޫތަކެއް

އުސްތާޛް މުޙައްމަދު ޢަލީ
672 ދުވަސް ކުރިން - 6 ނޮވެންބަރު 2024 06:59
މެންޗެސްޓަރ ސިޓީގެ ލެވިސް އަތުން ސްޕޯޓިންގ ގެ ކުޅުންތެރިޔަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
މެންޗެސްޓަރ ސިޓީގެ ލެވިސް އަތުން ސްޕޯޓިންގ ގެ ކުޅުންތެރިޔަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
ޚުލާސާ

ސިޓީގެ ފޯޑެން ގޯލެއް ޖަހާފައި ވަނިކޮށް ސްޕޯޓިންގެ ވިކްޓަރ ޖިއޮކެރެސްގެ ހެޓްރިކާއި މެކްސިމިލިއާނޯ އަރައުޖޯގެ ގޯލުން، މެންޗެސްޓާ ސިޓީ ބަލިވީ 1-4 ލަނޑުން. ހާލަންޑު ޖެހި ޕެނަލްޓީވެސް އަމާޒުވީ ގޯލު ދަނޑިއަށް.

ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ސީޕީ އަތުން 4-1 އިން ބަލިވެ ލިސްބަންގައި މެންޗެސްޓާ ސިޓީ މާޔޫސް ވެއްޖެއެވެ. އުއްމީދީ ފެށުމަކާއެކު ހަތަރު ވަނަ މިނެޓުގައި ފިލް ފޯޑެން ސިޓީއަށް ލީޑު ނަގައިދިނަސް، ޕެޕް ގާޑިއޯލާގެ ޓީމަށް ކޮންޓްރޯލް ދަމަހައްޓާލެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގައި ސިޓީ ޑޮމިނޭޓްކޮށް، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އިތުރު ގޯލެއް ނުޖެހުނެވެ. މެޗުގެ 38 ވަނަ މިނެޓުގައި ސްޕޯޓިން އަށް އެއްވަރުކޮށްދިނީ ވިކްޓަރ ގިއޮކެރޭސް އެވެ. ދެވަނަ ހާފް ފެށުނުއިރު ސްޕޯޓިންގ ޓީމުން ލީޑު ނަގާފައިވާއިރު، ދެވަނަ ލަނޑު ޖަހައިދިނީ މެޗު އަލުން ފެށިތާ ސިކުންތުކޮޅެއްގެ ތެރޭގައި މެކްސިމިލިއާނޯ އަރައުޖޯ އެވެ. އޭގެ ތިން މިނެޓް ފަހުން އިތުރު ގޯލެއް ޖިއޮކެރެސް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ސިޓީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްލަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އާލިންގް ހާލަންޑް ޖެހި ޕެނަލްޓީ ގޯލު ދަނޑިއާއި އަމާޒުވެ ސިޓީ އަށް އިތުރު އުނދަގުލަކާއި ކުރިމަތިލާން ޖެހުނުއިރު، ސްޕޯޓިން އިން އިތުރު ލަނޑެއް ޖަހައި ޖިއޮކެރެސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

Advertisement

Advertisement 1

ސިޓީގެ ހާލަންޑަށް ނަތީޖާގެ ފަރަޤު ކުޑަކޮށްލަން ލިބުނު ރަނުގެ ފުރުޞަތު ވަނީ ބޭކާރުވެފައި. ސްޕޯޓިން ކޮޅަށް ގޯލެއް ނުޖެހުނަސް، މިހާތަނަށް ކުޅުނު 4 މެޗުން ހާޅަންޑް ވަނީ 3 ގޯލު ޖަހާފައި

ސްޕެއިންގެ ވެލެންސިއާއަށް މިހާރު ދިމާވެގެންއުޅޭ ފެންބޮޑުވެ ފުރާނަތައް ގެއްލިގެން ދިޔުމުގެ ހާދިސާގެ ހިތާމައިގެ ސުކޫތު ވެސް ގެނައި މިމެޗުން ސިޓީ ބަލިވިއިރު، މިއީ ޖެހިޖެހިގެން އިއްތިހާދުގެ ޓީމު ބަލިވި ތިން ވަނަ ފަހަރެވެ.

ޕެޕް ގާޑިއޯލާ ވަނީ ސްޕޯޓިންގެ ކުޅުމަށް ތަޢުރީފުކޮށް، ގެއްލިފައިވާ ފުރުސަތުތަކާއި ސިޓީއަށް ކުރިމަތިވާ އުނދަގޫތައް ގަބޫލުކޮށްފަ އެވެ. މި ނަތީޖާއާ އެކު ސިޓީ މިހާރު އޮތީ ޗެމްޕިއަންސް ލީގު ގްރޫޕްގެ ހަވަނައިގައި ކަމުން ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރުމުގެ މަގު ވަނީ އުނދަގޫވެފަ އެވެ. ސިޓީއަށް ދެން އޮތީ ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ..

ޗެމްޕިއަންސް ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

10 ގަޑިއިރު ކުރިން - 09:36

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

101 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

102 ދުވަސް ކުރިން - 14:46

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

125 ދުވަސް ކުރިން - 02:00

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

126 ދުވަސް ކުރިން - 01:52

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

132 ދުވަސް ކުރިން - 17:18