
މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓޯސް ޓްޒޮލިސް ދިން ރީތި ޕާހަކުން އޮޑެގާޑް ޖެހި ލަނޑެއް. މެޗު އެއްވަރުކުރަން ނަޕޯލީގެ ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާތައް ކާމިޔާބުވާގޮތެއް ނުވި.
73 ދުވަސް ކުރިން - 08:58
އެންފީލްޑްގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ލޮރެންޓޭ އެތުލެޓިކޯއަށް ލީޑު ނަގައިދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ސޮބޮސްލާއި ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފަ. މޮޅުވި ލަނޑު މެކް އެލިސްޓާ ޖަހާފައިވަނީ 50 ވަނަ މިނެޓުގައި.
73 ދުވަސް ކުރިން - 08:53
މި މެޗުގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކުރި ދެ ލަނޑެވެ. ޕީއެސްޖީގެ ފަހު ލަނޑު ފަބިއަން ރުއީޒް ޖެހިއިރު، ސްލޮވާންގެ ހަމައެކަނި ލަނޑު ޖެހީ ސުލައިމާން ކަމާރާއެވެ. ޑްރޯ ފެނާންޑޭޒް އަދި އަކްލިއޯޝްވެސް މޮޅު ކުޅުމެއް ދެއްކި މި މެޗަކީ ލީގުގައި ދަށް ފެށުމަކަށްފަހު ޕީއެސްޖީއަށް ލިބުނު ހިތްހަމަޖެހުމެއް.
73 ދުވަސް ކުރިން - 08:43
ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ރެއާލްއަށް ލަނޑުތައް ޖަހައިދިނީ އެމްބާޕޭ އާއި ވަލްވާޑޭ. އިންޓަރގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކާލޮސް އޮގަސްޓޯ. ރެއާލްގެ ކީޕަރު ކޯޓުއާގެ މި މެޗުގައި މޮޅު ސޭވްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވޭ.
74 ދުވަސް ކުރިން - 09:36
މިއީ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގެ ފައިނަލުން އާސެނަލް ނަކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެވަނަ ފަހަރު. ޕީއެސްޖީ މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި ކުރި ހޯދައިގެން. ޕީސްޖީން ވަނީ މި ސީޒަނުގައި ފްރާންސް ލީގާއި، ފްރެންޗު ސުޕަ ކަޕާއި، ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފަ.
175 ދުވަސް ކުރިން - 00:00
އާސެނަލްއަކީ މި މުބާރާތުގައި އެންމެ މަދު ގޯލު ވަދެފައިވާ އަދި އެންމެ ގިނަ ކްލީން ޝީޓް ހޯދާފައިވާ ޓީމު. އަދި ޕީއެސްޖީއަކީ މި މުބާރާތުގައި ގޯލަށް އެންމެ ނުރައްކާތެރި ޓީމު. ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ޕީއެސްޖީގެ ބަލިފަޔަކީ އެޓީމުގެ ގޯލް ކީޕަރު ސަފޮނޯވް.
176 ދުވަސް ކުރިން - 14:46
މިދިޔަ އަހަރުގެ ޗެމްޕިއަން ޕީއެސްޖީން މިއަހަރުގެ ފައިނަލުގައި ވާދަކުރާނީ އިނގިރޭސި ކުލަބު އާސެނަލްއާ.
199 ދުވަސް ކުރިން - 02:00
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އެޓީމު މޮޅުވީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން.
200 ދުވަސް ކުރިން - 01:52
މި މެޗުގައި ގޯލުތައް ޖެހީ ވިކްޓާ ގިޔޮކެރޭސް ގެ އިތުރުން ހޫލިއަން އަލްވަރޭޒް. މި ދެ ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އިން.
206 ދުވަސް ކުރިން - 17:18
މި މެޗު ނިމުނީ 4-5 ގެ ނަތީޖާއިން. ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ އަންނަ ބުދަ ދުވަހު ބަޔާން ދަނޑުގައި.
207 ދުވަސް ކުރިން - 08:28
ކުއާޓާ ފައިނަލުގެ ދެ ލެގުގައި ވެސް ލިވަޕޫލް ވަނީ ބަލިވެފަ. ދެ މެޗުގެ އެގްރިގޭޓް ނަތީޖާއީން ޕީއެސްޖީން ސެމީއަށް ދަތުރުކުރީ 0-4 އިން މޮޅުވެގެން.
221 ދުވަސް ކުރިން - 10:58
ފުރަތަމަ ލެގުން ބާސެލޯނާ ބަލިވީ 0-2 އިން. މުބާރާތުން ބާސެލޯނާ ކަޓާފައިވަނީ އެގްރިގޭޓް ނަތީޖާއިން ބަލިވެފައިވާތީ.
221 ދުވަސް ކުރިން - 10:57
ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ލިވަޕޫލް މޮޅުވެފައިވަނީ 1-4 އިން. ކުއާޓާގައި ލިވަޕޫލް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް.
248 ދުވަސް ކުރިން - 05:30