Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލިވަޕޫލުން ތަފާތު ބޮޑު ނަތީޖާއަކުން ގަލަޓަސަރާއީ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ލިވަޕޫލުން ތަފާތު ބޮޑު ނަތީޖާއަކުން ގަލަޓަސަރާއީ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
167 ދުވަސް ކުރިން - 19 މާޗް 2026 05:30
ލިވަޕޫލް އުފާފާޅުކުރަނީ---
ލިވަޕޫލް އުފާފާޅުކުރަނީ---
ޚުލާސާ

ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ލިވަޕޫލް މޮޅުވެފައިވަނީ 1-4 އިން. ކުއާޓާގައި ލިވަޕޫލް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ލިވަޕޫލުން ތުރުކީގެ ގަލަޓަސަރާއީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިނގިރޭސިވިލާތުގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ލިވަޕޫލް ނިކުތީ ފުރަތަމަ ލެގުން ލިބުނު ނާކާމިޔާބީއާއެކު އެވެ. އެ މެޗު 0-1 އިން ކާމިޔާބުކުރީ ގަލަޓަސަރާއީ އެވެ. ނަމަވެސް ރޭގެ މެޗުގައި ފެނިގެންދިޔައީ ލިވަޕޫލްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ކުޅުމެކެވެ. މެޗުގެ ކުރީކޮޅުން ފެށިގެން ލިވަޕޫލުން ވަނީ ގަލަޓަސަރާއީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ގޯލުތަކަށް ބަލާއިރު، ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮޒްލައި އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި (4+45 މިނެޓުގައި) ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސަލާހު އަށް އެ ޕެނަލްޓީ ކާމިޔާބުކޮށްލެވޭ ގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement 1

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، 51 ވަނަ މިނެޓުގައި އެކިޓިކޭ ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓު ފަހުން 53 ވަނަ މިނެޓުގައި ގްރަވެންބާޗް ވަނީ ހަތަރުވަނަ ލަނޑު ޖަހައި ގަލަޓަސަރާއީގެ އުންމީދުތައް ފުނޑުފުނޑުކޮށްލާފަ އެވެ. މީގެ އިތުރުން 62 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހުނަރުވެރިކަން ދައްކާލާފަ އެވެ.

ގަލަޓަސަރާއީގެ ފަރާތުން މެޗުގެ ވަކި ހިސާބަކުން ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ލިވަޕޫލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މި ބޮޑު ކާމިޔާބީއާއެކު ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކުރީ އެގްރިގޭޓް ނަތީޖާއިން 1-4 އިން ކުރީގައި އޮވެގެންނެވެ. ކުއާޓާ ފައިނަލުގައި ލިވަޕޫލް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ. އެހެންކަމުން މިއީ ފޯރިގަދަ މެޗަކަށް ވާނެ އެވެ.

ޕީއެސްޖީލިވަޕޫލްޗެމްޕިއަންސް ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

37 ދުވަސް ކުރިން - 20:03

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

94 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

94 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

94 ދުވަސް ކުރިން - 14:46

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

94 ދުވަސް ކުރިން - 14:11

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

99 ދުވަސް ކުރިން - 13:01