Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޮޑެގާޑްގެ ލަނޑުން ނަޕޯލީ ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއާއެކު

އޮޑެގާޑްގެ ލަނޑުން ނަޕޯލީ ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއާއެކު

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2026 08:58
މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރި މާޓިން އޮޑެގާޑް---
މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރި މާޓިން އޮޑެގާޑް---
ޚުލާސާ

މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓޯސް ޓްޒޮލިސް ދިން ރީތި ޕާހަކުން އޮޑެގާޑް ޖެހި ލަނޑެއް. މެޗު އެއްވަރުކުރަން ނަޕޯލީގެ ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާތައް ކާމިޔާބުވާގޮތެއް ނުވި.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި، އިޓަލީގެ ނަޕޯލީގެ މައްޗަށް 1-0 ގެ ހަނި ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ނަޕޯލީގެ ޑިއޭގޯ އަރމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި އާސެނަލް މޮޅުކޮށްދިން ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑްއެވެ.

މެޗު ފެށިގެން އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 13 ވަނަ މިނެޓުގައި ވިކްޓަރ ޔޮކެރެސް ދިން ޕާހަކުން ބުކާޔޯ ސަކާ ފޮނުވާލި ހަމަލާ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް ވަނީ ދިފާއުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ނަޕޯލީން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކެވިން ޑި ބްރޭނާ ފޮނުވާލި ބާރު ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ދިފާއުކުރިއިރު، އެ ބޯޅަ ނުރައްކަލުން ދުރުކުރީ ބެން ވައިޓްއެވެ.

Advertisement

Advertisement 1

މީގެ އިތުރުން މެޗުގެ 22 ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ދިން ބޯޅައަކުން މިކޭލް މެރީނޯ ފޮނުވާލި ބޯޅަ ވެސް ކީޕަރު މެރެޓް ހުއްޓުވިއެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް އޮޑެގާޑްގެ އެހީތެރިކަމާއެކު ސަކާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 50 ވަނަ މިނެޓުގައި އޮޑެގާޑް ނަގައިދިން ހުރަހަކުން ޕިއޭރޯ ހިންކާޕީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. މެޗުގެ ނަތީޖާއަށް ބަދަލު އައީ ދެ ޓީމުގެ ކޯޗުން ގެނައި ބަދަލުތަކަށްފަހުގައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓޯސް ޓްޒޮލިސް ދިން ޕާހަކުން، މެޗުގެ 75 ވަނަ މިނެޓުގައި އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ.

އޭގެ އަށް މިނެޓު ފަހުން ލީޑު ފުޅާކުރަން ޓްޒޮލިސްއަށް ފުރުސަތެއް ލިބުނު ނަމަވެސް، ނޯނީ މަޑުއޭކޭގެ ހަމަލާއަކުން ރީބައުންސްވެގެން އައި ބޯޅަ އޭނާއަށް ގޯލުގެ ތެރެއަށް ފޮނުވާނުލެވުނެވެ. މެޗު ނިމެން ދަނިކޮށް، 88 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރަން ޑި ބްރޭނާ މަސައްކަތް ކުރި ނަމަވެސް އޭނާގެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ނަޕޯލީއާސެނަލްޗެމްޕިއަންސް ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގު: މެކް އެލިސްޓާގެ ލަނޑާއެކު އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލިވަޕޫލުން ފެށުން ރަނގަޅުކޮށްފި

މެކް އެލިސްޓާގެ ލަނޑާއެކު އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލިވަޕޫލުން ފެށުން ރަނގަޅުކޮށްފި

6 ގަޑިއިރު ކުރިން - 08:53

ޗެމްޕިއަންސް ލީގު: ޓޮރެސްގެ ހެޓްރިކާއެކު ޕީއެސްޖީން 6-1 އިން ސްލޮވާން ބްރަޓިސްލާވާ ބަލިކޮށްފި

ޓޮރެސްގެ ހެޓްރިކާއެކު ޕީއެސްޖީން 6-1 އިން ސްލޮވާން ބްރަޓިސްލާވާ ބަލިކޮށްފި

6 ގަޑިއިރު ކުރިން - 08:43

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

1 ދުވަސް ކުރިން - 09:36

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

101 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

102 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

103 ދުވަސް ކުރިން - 14:46